ރިސޯޓްތަކުގެ ބިމު ކުއްޔަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމުމަކީ، ފަހުގެ ތާރީހެއްގައި އަތޮޅުތެރޭ ތަރައްގީ އަށް ސަރުކާރުން އެޅުއްވި އެއްމެ މުހިއްމު ފިޔަވަޅުކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އަތޮޅުތެރޭގައި ޓޫރިޒަމް ފުޅާކުރުމަށްޓަކައި ރިސޯޓްތަކުގެ ބިމުގެ ކުއްޔަށް ބަދަލު ގެންނަން ހުށަހަޅަން ސަރުކާރުން ނިންމާފައިވާ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާ ހިންގުމާ ހަވާލުވެ ހުންނެވި އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާއިލް ހާމަ ކުރެއްވީ ރޭ ކުރެއްވި ޓްވީޓެއްގައެވެ.
އެކަމާ ގުޅިގެން ޢަލީ ނިޒާރު ވިދާޅުވީ، އެއީ ފަހުގެ ތާރީހެއްގައި އަތޮޅުތެރޭ ތަރައްގީ އަށް ސަރުކާރުން އެޅުއްވި އެއްމެ މުހިއްމު ފިޔަވަޅު ކަމަށާއި، އަތޮޅު ތަކުގެ ތަރައްގީއަށް ހުރި ހުރަސްތައް ނައްތާލައި އަތޮޅުތަކުގެ އިގްތިސާދު މިސަރުކާރުން ހުޅުވާލާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ފައްޔާޒް ވިދާޅުވެފައިވަނީ، ސަރުކާރުން ހުށަހަޅަނީ އައްޑު އާއި ފުވައްމުލަކުގައި ހިންގާ ރިސޯޓްތަކުގައި އަކަމީޓަރަކަށް ދެ ޑޮލަރު ނެގުމަށާއި ހއ. އާއި ހދ. އަތޮޅުގައި އަކަމީޓަރަކަށް ހަތަރު ޑޮލަރު އަދި ށ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން ލ. އަތޮޅުގައި އަކަމީޓަރަށް ހަ ޑޮލަރު ބިމުކުލީގެ ގޮތުގައި ނެގުމަށެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ، ރިސޯޓްތަކުގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގެ ލޯކަލް ޓޫރިޒަމް ހިންގުމަށް ނަގާ ބިމު ކުއްޔަށް ވެސް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އައްޑު އާއި ފުވައްމުލަކުގައި އަކަމީޓަރަށް އެއް ޑޮލަރު ނެގުމަށާއި ހއ އަތޮޅާއި ހދ. އަތޮޅުގައި އަކަމީޓަރަކަށް ދެ ޑޮލަރު ކަނޑައެޅުމުގެ އިތުރަށް ށ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން ލ. އަތޮޅުގައި ތިން ޑޮލަރު އަދި އެހެން އަތޮޅުތަކުގައި ހަތަރު ޑޮލަރު ނަގާ ގޮތަށް ހަމަޖައްސާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
މީގެ ކުރިން ސަރުކާރުން ވަނީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށީގައި ގާއިމް ކޮށްފައިވާ ޕޯޓުތަކަށް އެތެރެކުރާ ގިނަ ބާވަތްތަކުގެ މުދަލުގެ ޑިއުޓީއިން 50 ޕަސެންޓް މާފުކުރަންވެސް ނިންމާފައެވެ.

To encourage tourism in the north/south we are proposing to amend tourism land rent for resorts in far regions as follows.
— Fayyaz Ismail (@faya_i) July 20, 2020
S, Gn- 2$/ SQM (cap 800k)
HA, HDh - $4 / SQM (cap 1m)
Sh, GA, GDh, Th, L- $6 / SQM (cap 1.5m). This will definetely boost investment in these atolls.
ފައްޔާޒް އިތުރަށް ވިދާޅުވީ، ރިސޯޓްތަކުގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގެ ލޯކަލް ޓޫރިޒަމް ހިންގުމަށް ނަގާ ބިމު ކުއްޔަށް ވެސް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އައްޑު އާއި ފުވައްމުލަކުގައި އަކަމީޓަރަށް އެއް ޑޮލަރު ނެގުމަށާއި ހއ އަތޮޅާއި ހދ. އަތޮޅުގައި އަކަމީޓަރަކަށް ދެ ޑޮލަރު ކަނޑައެޅުމުގެ އިތުރަށް ށ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން ލ. އަތޮޅުގައި ތިން ޑޮލަރު އަދި އެހެން އަތޮޅުތަކުގައި ހަތަރު ޑޮލަރު ނަގާ ގޮތަށް ހަމަޖައްސާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
މީގެ ކުރިން ސަރުކާރުން ވަނީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށީގައި ގާއިމް ކޮށްފައިވާ ޕޯޓުތަކަށް އެތެރެކުރާ ގިނަ ބާވަތްތަކުގެ މުދަލުގެ ޑިއުޓީއިން 50 ޕަސެންޓް މާފުކުރަންވެސް ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު