މާލެ ސިޓީގެ މޭޔަރގެ މަޤާމުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިސްތިޢުފާ ދެއްވައިފިއެވެ.

މާލޭ ސިޓީގެ މޭޔަރުގެ މަޤާމުން އިސްތިޢުފާ ދެއްވައި މީސް މީޑިއާގައި ޑރ. މުޢިއްޒު މިއަދު ޙިއްސާކުރެއްވެވި މެސެޖުގައި ވަނީ މާލެ ސިޓީ ކައުންސިލްގެ އެންމެހާ ކައުންސިލަރުންނާއި، ވެރިންނާއި، މުވައްޒަފުންނަށް ޝުކުރު ދަންނަވާފައެވެ.

“އަޅުގަނޑަށް ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށާއި، ކުރެއްވި ބުރަ މަސައްކަތްޕުޅަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން!” ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވައިގެންވެސް މާލެ ސިޓީގެ ރައްޔިތުންގެ އުއްމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށް މަސައްކަތް ކުރަށްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.



ޑރ. މުޢިއްޒު މާލޭގެ މޭޔަރުގެ މަޤާމުން އިސްތިޢުފާ ދެއްވާފައިވާއިރު މިއަދު ހަވީރު އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ ކުރަށްވައި މަޤާމާ ޙަވާލުވެ ވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން