ދާޚިލީ ވަޒީރުކަމާ ޙަވާލުވީ އުނދަގޫ މަސައްކަތެއްކަން އެނގިހުރެ ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ކެޕްޓަން ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ކެޕްޓަން އިޙްސާން ވިދާޅުވީ ރައީސް ޑރ. މުޢިއްޒަކީ ބުރަކޮށް 24 ގަޑީއިރު މަސައްކަތް ކުރަށްވާ ބޭފުޅެއް ކަމަށާއި މި ފަސްއަހަރުގެ ދައުރުގައި ސަރުކާރުން ނަތީޖާ ނެރެދޭނެ ކަމަށެވެ.

އޭގެ އިތުރުން ދާޚިލީ ވަޒީރުކަމުގެ މަގާމާއި ހަވާލުވީ އެކަމުގެ ބުރަކަން އެނގިހުރެ ކަމަށާއި އެމަނިކުފާނަކީ ފަސޭހަ މަސައްކަތާއި ހަވާލުވާނެ ބޭފުޅެއް ނޫން ކަމަށްވެސް އިޙްސާން ވިދާޅުވިއެވެ.

“މިއީ ފަސޭހަވާނެ މަސައްކަތެއް ނޫންކަން އެނގި ހުރެ މި މަސައްކަތާ ހަވާލުމިވަނީ، ހަމައެއާއިއެކު ފަސޭހަ މަސައްކަތަކީ އަޅުގަނޑު ހަވާލުވާން ބޭނުންވާ މަސައްކަތެއްވެސް ނޫން.” އިޙްސާން ވިދާޅުވެފައިވެއެވެ.

އެމްއެންޑީއެފުގައި 10 އަހަރު ޚިދުމަތް ކުރެއްވުމަށް ފަހު 2017ގައި ސިފައިންގެ ޚިދުމަތުން ވަކިވެވަޑައިގެންނެވި އިހުސާން ވަނީ އެމެރިކާގެ މިލިޓަރީ އެކެޑެމީ ވެސްޓްޕޮއިންޓްއިން, ޑިފެންސް އެންޑް ސްޓްރެޓީޖިކް ސްޓަޑީސްއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވައި، ސިންގަޕޫރުގެ ނަންޔަންސް ބިޒްނަސް ސްކޫލުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން