ގދ. ތިނަދޫ އިސްލާމީ މަރުކަޒު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އައިޔޫއެމްއާ އަންނަ އަންގާރަ ދުވަހު ހަވާލުކޮށް، ކްލާސްތައް ފެށުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ނިންމަވައިފިއެވެ.

ދެބުރިއަށް އިމާރާތްކޮށްފައިވާ ތިނަދޫ އިސްލާމީ މަރުކަޒަކީ 1000 މީހުންނަށް ނަމާދުކުރެވޭ ވަރުގެ މިސްކިތަކާއި، 500 މީހުންނަށް އެއްފަހަރާ ޖަލްސާ ކުރެވޭވަރުގެ މާލަމަކާއި، ހަތަރު ކުލާސްރޫމާއި، އޮފީހަކާއި، ލައިބްރަރީއެއް ހިމެނޭ ގޮތަށް ބިނާކޮށްފައިވާ އިމާރާތެކެވެ.

ޑރ. ޝަހީމް ވިދާޅުވީ މި ނިންމެވުމުގެ ސަބަބުން ރާއްޖޭގެ ދެކުނުގައި ދިރިއުޅޭ އިސްލާމީ އިލްމު އުނގެން ބޭނުންވާ ދަރިވަރުންނަށް މާލެ ނައިސް ކިޔެވޭނެމަގު ފަހިވެގެންދާނެ ކަމަށެވެ.

ތިނަދޫގައި އިސްލާމީ މަރުކަޒެއް ބިނާކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. މި މަޝްރޫއަށް 34.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ދެ ފަންގިފިލާއަށް އިމާރާތްކޮށްފައިވާ އެ މިސްކިތަކީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒާގެ ދީލަތި އެހީފުޅާއި ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އިމާރާތްކޮށްފައިވާ ތަނެކެވެ.

ތިނަދޫ އިސްލާމީ މަރުކަޒަކީ މާލެ ފިޔަވައި އެހެން ރަށެއްގައި ބިނާ ކުރި ފުރަތަމަ އިސްލާމީ މަރުކަޒެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން