އިންޑިއާ އާއި އެކު މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަމީރު މިމޭރުމުން ވިދާޅުވީ، އެ މަނިކުފާނު ފޮރިން މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެން އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު އެމަނިކުފާނަށް މަރުޙަބާ ވިދާޅުވުމާ ގުޅިގެންނެވެ.

ޒަމީރު ވިދާޅުވީ، އިންޑިޔާއާއެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށާއި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުގެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

މިނިސްޓަރ ޒަމީރު މިމޭރުމުން ވިދާޅުވެފައި ވާއިރު ޑރ. މުއިއްޒުގެ ސަރުކާރުގައި ހުރިހާ ގައުމުތަކަކާ ވެސް ގުޅިގެން މަސައްކަތް ކުރުމުގައި އިސްކުރައްވާނީ "މޯލްޑިވްސް ފަސްޓް" ސިޔާސަތު ކަމަށް އެ މަނިކުފާނުވަނީ ވިދާޅުވެފައެވެ.

ނަމަވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާނެ ކަމަށް ޑރ. މުޢިއްޒު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ސަރުކާރުގެ ޚާރިޖީ ވަޒީރުކަމާ ޙަވާލުވެ ވަޑައިގަތުމަށްފަހު ޒަމީރު ވިދާޅުވެފައިވަނީ ޑރ. މުޢިއްޒުގެ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރުމަށް ބުރަކޮށް މަސައްކަތް ކުރަށްވާނެ ކަމަށެވެ. އަދި އެމަސައްކަތުގައި އަބަދުވެސް އިސްކުރަށްވާނީ ދިވެހި ޤައުމާއި ރައްޔިތުންގެ އެންމެ މަތީ މަސްލަޙަތު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން