އިންތިޤާލީ އިންސާފުގެ އޮފީހުގެ މުއްދަތު ހަމަވެ، އެ އޮފީހުގެ ހަރުމުދަލާއި ލިޔެކިޔުންތައް މާލީ ވުޒާރާއާ ހަވާލު ކުރަން އަންގައިފި އެވެ.

އިންތިޤާލީ އޮފީހުން ބުނެފައިވަނީ އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދަވާފައިވާ އެ އޮފީހުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވާތީ، އެ އޮފީހުގެ ހަރުމުދަލާއި ހުރިހާ ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީއާ ހަވާލުކުރުމަށް އަންގަވާފައިވާ ކަމަށެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ، 1953 ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާއި ގުޅުންހުރި މައްސަލަތައް ބެލުމަށް، ގާނޫނުން ބާރުލިބިގެން އުފެއްދެވި އޮފީހެކެވެ.

އެ އޮފީހަށް 488 މައްސަލައެއް ހުށައަޅާފައިވާއިރު، މި މައްސަލަތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި މައްސަލަ ނިމިފައިވާ ކަމަށާއި އަނެއް މައްސަލަތައް އަދި ނުނިމޭ ކަމަށް އިންތިޤާލީ އޮފީހުން ބުނެ އެވެ.

ދާދި ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އިންތިޤާލީ އިންސާފުގެ އޮފީހުން ބައެއް މައްސަލަތައް ނިންމުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް ބުނެ އެ އޮފީހަށް ވަދެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން