ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްގެ މަޤާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލަ ބަލައިގަނެ އީވާ އަށް 14 ދުވަހުގެ ނޯޓިސް ފޮނުވައިފިއެވެ.

އީވާ މަޤާމުން ވަކިކުރުމަށް ހުށައަޅާފައިވަނީ 50 މެންބަރުން ސޮއި ކުރެއްވުމަށް ފަހުއެވެ. އެމްޑީޕީ މެންބަރުންގެ އިތުރުން ޤަރާރުގައި ދެން ސޮއިކުރެއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

މި މައްސަލަ ހުށަހެޅީ އީވާ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުއްވުމުންނެވެ.

އެމައްސަލައާއި ގުޅިގެން އީވާ އާއި ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރަައިގެން ކަމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މީގެ ކުރިން ވެސް އެމްޑީޕީން ހުށައެޅިއެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ތެރޭގައި އެމައްސަލަ އެމްޑީޕީން ވަނީ އަނބުރާ ގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން