އިޒްރޭލުގެ ޙަމަލާތައް ހުއްޓާލުމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ގޮވާލައްވައިފިއެވެ.

މިނިސްޓަރ ޒަމީރު މިގޮތަށް ގޮވާލެއްވީ ރާއްޖޭގައި އިޒްރޭލުގެ ޕާސްޕޯޓް މަނާކުރަން ގޮވާލާ އަޑުއުފުލުމަށް ޚާރިޖީ ވުޒާރާ ދޮށަށް އެއްވި ޢާއްމުންނާ ބައްދަލު ކުރެއްވުމަށްފަހުއެވެ. މިނިސްޓަރ ވަނީ ޢާއްމުންނާއެކު އިޒްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް އަޑުއުފުއްލަވާފައެވެ.

އިޙްތިޖާޖުގެ ބައިވެރިންނާ ބައްދަލުކުރަށްވައި ޒަމީރު ވިދާޅުވީ ފަަލަސްތީނުގެ މައްސަލާގައި އޯއައިސީގެ ސެކެޓްރީ ޖެނެރަލާއި ފަލަސްތީނުގެ ސަފީރުގެ އިތުރުން އެހެން ގައުމުތަކުގެ ބޭފުޅުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި އިމިޑިއޭޓް ސީޒްފަޔާގެ އިތުރުން ހިއުމަނިޓޭރިއަން ކޮރިޑޯއެއް ހުޅުވާލުމަށް ސަރުކާރުން ވަކާލާތު ކުރަށްވާކަމަށް ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ޒަމީރު މިމޭރުމުން ވިދާޅުވެފައިވާއިރު އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭނެހެން އިމިގްރޭޝަން ގާނޫނު އިސްލާހު ކުރުމަށް އެދި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން