މާލޭގައި ހުންނަ ފެނަކައިގެ މައި އޮފީހުން ފެނުގެ ޚިދުމަތް ކަނޑާލައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފެންބިލް ނުދައްކާތީ، މާލޭގައި ހުންނަ ފެނަކައިގެ މައި އޮފީހުން ފެނުގެ ޚިދުމަތް ކަނޑާލާފައިވަނީ މިއަދުއެވެ. އެގޮތުން ޕޯޓްސް ކޮމްޕްލެކްސްގައި ފެނަކައިގެ އޮފީސް ހިންގާ ތިން ފަންގިފިލާ ކަމަށްވާ، ފުރަތަމަ ފަންގިފިލަޔާއި ހަވަނަ ފަންގިފިލާ އަދި ހަތްވަނަ ފަންގިފިލާއިން ވަނީ ފެން ކަނޑާލައިފައެވެ.

މިކަމާ ގުޅިގެން ފެނަކައިގެ ރަސްމީ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ފެނަކައިގެ މައި އޮފީހުން ފެނުގެ ޚިދުމަތް ކަނޑާލާފައިވާއިރު، ތިމާވެށީގެ ގަވާއިދާ ހިލާފުވުމުން ފެނަކަ ކޯޕަރޭޝަން 4.2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ނިންމާފައެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އާންމުކޮށްފައިވާ ކުންފުނިތަކުގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ފެނަކައިން އެކި ފަރާތްތަކަށް ދައްކަން ހުރި ދަރަނި 2.22 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި އެ ކުންފުނީގައި 8،126 މުވައްޒަފުން ވަޒީފާ އަދާކުރަމުންދާ ކަމަށް އިންތިޤާލީ އޮފީހުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން