ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޕީއެންސީން ވަކި އޮފީހެއް ހަދައި އިދާރީ ހިންގުން ވަކިން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީން އެޕާޓީގެ އޮފީސް ޤާއިމުކޮށްފައިވަނީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ދުވަސްވަރު ކާނިވަލުގައި "ދިވެހީންގެ ޖަގަހަ" ހިންގަމުން އައި ކާނިވަލުގެ "ދޮންމަނިކު ސްކައިވޭ" ރެސްޓޯރަންޓުގެ ތިރީގައެވެ. އެގޮތުން އެތަނުގައި ޕީއެންސީގެ ނަންބޯޑުވެސް މިހާރުވަނީ ހަރުކޮށްފައެވެ.

ނަމަވެސް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، މުހައްމަދު ތޮލާލް ވިދާޅުވީ، ޕީއެންސީއަށް ދިހަހާސް މެންބަރުން ހަމަކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފައިވާތީ، އެމަސައްކަތް ކުރުމަށް އެޕާޓީން ވަކި އޮފީހެއް މިހާރު ޤާއިމުކޮށްފައިވާ ކަމަށެވެ.

ޕީއެންސީގެ އިދާރީ ހިންގުން ވަކި އޮފީހަކަށް ބަދަލު ކޮށްފައިވާއިރު، ޕީޕީއެމާއި ޕީއެންސީން މި މަހުގެ ފުރަތަމަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީ.ޕީ.އެމާއި ޕީ.އެން.ސީން ވާދަކުރާނީ ގުޅިގެން ކަމަށެވެ. އެގޮތުން އިންތިޚާބުގެ ޕްރައިމަރީ 2024 ޖަނަވަރީ 20 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ދެޕާޓީން މީގެ ކުރިން ވަނީ ހަމަޖައްސައިފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފުތަރު ދައްކާގޮތުން، މިދިޔަ ފެބްރުއަރީ 21 އާ ހަމައަށް ޕީއެންސީގައި ތިބީ 3159 މެންބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން