ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ރާއްޖެއަށް ގެންނަންޖެހޭ ތަރައްޤީ ގެނެސް، މިސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ނުކުޅެދިފައިވަނީ ވެރިކަމުގައިއޮވެ އެމްޑީޕީގެ އެތެރޭގެ ހަނގުރާމަ ބޮޑުވުމުންކަމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ފެއިލްވެފައިވާކަމީ ފެންނަން އޮތް ހަގީގަތެއްކަމަށެވެ. ތަރައްޤީ ނުކުރެވި މިސަރުކާރަށް ކުރިމަތިވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ކޯލިޝަންގެ ހަނގުރާމަޔާއި، އަމިއްލަ ޕާޓީތެރޭގައި އޮތް ހަނގުރާމަ ކަމުގައި ޝިޔާމު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް، ހުށަހަޅުއްވާ އިސްލާހުތަކުގެ އެއްވެސް އިހުލާސްތެރިކަމެއް ހުރިތަނެއް ނުފެނޭ. އަޅުގަނޑުމެންގެ ރަށަކީ އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލެއް އޮތްރަށެއް. އެކަމަކު މިއަދު 10:30ގައި އެނަގަނީ އަނެއްކާވެސް ކައުންސިލް ރައީސްގެ ނޯކޮންފިޑެންސް. މިސަކަރާތް ނުޖަހައި މެޖޯރިޓީއާއިއެކު ތަރައްޤީ ގެންނަން މަސައްކަތް ކުރައްވަންވީ ނޫންތޯ؟" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އިޚްލާސްތެރިކަމާއިއެކު ކަންކަން ކުރުމުގެ ބަދަލުގައި ކަންކަން ނުކުރެވޭ ކޮންމެ ހާލަތެއްގައި ޤާނޫނު އަސާސީއާއި ޤާނޫނުތަކަށް ބަދަލު ގެނައުމަކީ މިސަރުކާރުން ވަރަށް ފަރިތަކަމާއިއެކު ކުރަމުންދާކަމެއް ކަމަށެވެ. ނަމަވެސް އަދާއިހަމަޔަށްވެސް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެނެވުނު ބަދަލުތަކުންވެސް ހުރަސްތައް ކުރިމަތިމަތިވުން ފިޔަވައި ވީކަމެއް ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް މިއަދު ހުށަހަޅާފައިވާ އިސްލާހަކީ އެލްޖީއޭގެ ބާރުތައް ހަމައެކަނި މިނިސްޓަރ އިމްރާނަށް އޮތް އޮތުން ބަދަލުކޮށް، އެބާރުތައް އެލްޖީއޭގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންނަށްވެސް ލިބިދޭގޮތަށް ހުށަހެޅިފައިވާ އިސްލާހެކެވެ. މި އިސްލާހާއިއެކު ކައުންސިލްތައް ހިންގުމަށް އިތުރަށް ފަސޭހަ ވެގެންދާނެކަމަށް އެމްޑީޕީގެ މެމްބަރުން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން