ބާ ކައުންސިލްގެ ރައީސް އުސްތާޛު ވިޝާމް
ބާ ކައުންސިލްގެ ރައީސް އުސްތާޛު ވިޝާމް
ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ދަފުތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ބާ ކައުންސިލުން ހުޅުވާލައިފިއެވެ.

ބާ ކައުންސިލުން ބުނީ ވަކީލުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 23ވާ ބުރާސްފަތި ދުވަހުގެ 15:00 އަށް ހުޅުވާލާފައިވާ ކަމަށެވެ.

ވަކީލުންގެ ދަފްތަރަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ބާ ކައުންސިލުން ހުޅުވާލާފައި މިވަނީ، ޖޭއެސްސީގައި ވަކީލުން ތަމްސީލުކުރަށްވާ ފަރާތެއް އިންތިޚާބު ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައެވެ. އެ އިންތިޙާބުގައި ވޯޓު ދިނުމުގެ ޙައްގު ލިބިގެންވަނީ ބާ ކައުންސިލްގެ ވެބްސައިޓުގައި ޢާންމުކޮށްފައިވާ ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ޢައްޔަންކުރުމަށް އިންތިޙާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހު 7 ވާ ބުރާސްފަތި ދުވަހުއެވެ. ޖޭއެސްސީއަށް ޤާނޫނީ ވަކީލަކު އިންތިޙާބު ކުރަން ޖެހުނީ، އެ ކޮމިޝަނުގައި ގާނޫނީ ވަކީލުން ތަމްސީލް ކުރައްވާ މެންބަރެއްގެ ގޮތުގައި ހުންނެވި އަބްދުލް މާނިއު އިސްތިއުފާ ދެއްވުމުންނެވެ.

ޖޭއެސްސީން ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާ ތާރީޚަކީ މި މަހުގެ 28ވާ އަންގާރަ ދުވަހުގެ 15:00އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން