އިސްލާމްދީނަށް ހޭލުންތެރި ކުރުމަށް ހަދާ ދައުވާ ސްޓްރެޓެޖިކް ޕްލޭންގެ ފައިނަލް ޑްރާފްޓްގެ މަސައްކަތް ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިއަދު ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ މެނިފެސްޓޯގައި ދީނީ ހޭލުންތެރިކަން ޒުވާނުންގެ މެދުގައި އިތުރުކުރުމަށް ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އިސްލާމްދީނުގެ ރުކުންތަކާއި އީމާންކަމުގެ ރުކުންތަކާއި އިސްލާމީ ޢަޤީދާއާ ގުޅޭ މުހިންމު މައުޟޫޢުތަކަށް މުޖުތަމަޢާއި ޒުވާނުން ހޭލުންތެރިކަން އިތުރުކުރުމަށް ހަދާ ދައުވާ ސްޓްރެޓެޖިކް ޕްލޭންގެ ފައިނަލް ޑްރާފްޓް މިހާރު ނިމިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“އިންޝާﷲ އަންނަ ހޯމަ ދުވަހު މިނިސްޓްރީގެ ސީނިއަރ މެނޭޓްމަންޓް ބައްދަލުވުމުގައި ޕްލޭން އެންޑޯޒްކުރެވިގެންދާނެ.” މިނިސްޓަރ ވިދާޅުވެފައިވެއެވެ.



ޑރ. ޝަހީމް ވިދާޅުވީ މި ޕްލޭންގައި ހިމެނޭ ހުރިހާ ފިލާވަޅުތައް ދިވެހި އަދި އިނގިރޭސި ބަހުން އެކި ޕްލެޓްފޯމްތަކުގައި ޢާއްމުކުރެވޭނެ ކަމަށެވެ.

އަދި ހުރިހާ މައުޟޫޢުތަކަށް ދެބަހުން ވީޑިއޯ ހަދާނީވެސް ރާއްޖޭގެ ޒުވާން ޢިލްމުވެރިންކަމަށް ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން