މީ ފޭރޭ ސަރުކާރެއް ކަމަށާއި މިހާރުވެސް ވަޒީފާތަކާއި ފްލެޓްތައް ފޭރެން ފަށައިފި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޭ އއ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޮޒޭނާ ވިދާޅުވީ ފުރަތަމަ ދުވަހުން ފެށިގެންވެސް ސަރުކާރުން ވަނީ އަނިޔާވެރިކަން އިސްކޮށްފައިކަމަށެވެ. އެގޮތުން އެތައް ރައްޔިތުންތަކަކަށް އަނިޔާ ދޭން ފަށާފައިވާ ކަމަށާއި ރައްޔިތުންގެ މުދާވެސް ސަރުކާރުން ފޭރެން ފަށާފައިވާކަން ރޮޒޭނާ ފާހަގަކުރެއްވިއެވެ.

ރޮޒޭނާ ވިދާޅުވީ އެމްޑީޕީ އަކީ ރާއްޖޭގެ އެންމެ ގިނަ ރައްޔިތުން ތަމްސީލުކުރާ ޕާޓީ ކަމަށެވެ. އެހެންކަމުން އެޕާޓީގެ ވަރަށް ބޮޑު ޒިންމާއެއް އޮތް ކަމަށާއި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނާނެކަން ސަރުކާރުން އިޢުލާނުކުރުމުން އެމްޑީޕީން މަޑުން ނޯންނާނެކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

“ފްލެޓުތައް ވެސް އަތުލަނީ، ދެން ހުރި އެއްޗެހި ވެސް އަތުލަނީ. ވަޒީފާ ވެސް އަތުލަނީ. މި ކަންކަމަކީ މި ފޭރޭ ސަރުކާރުގެ ކަންކަން.” ރޭގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ރޮޒޭނާ ވިދާޅުވި އެވެ.

ރޮޒޭނާ މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފްލެޓާއި ގޯތި ދޭނެކަމަށް ބުނެ ލިޔުން ދީފައިވާ މީހުންގެ ފްލެޓާއި ގޯތިތައް އަތުލަން މިސަރުކާރުން ނިންމައިފިނަމަ އެކަމާއި ދެކޮޅަށް އިހުތިޖާޖްކުރާނެކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައުްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

ހައުސިންގ މިނިސްްޓަރ ޑރ. ހައިދަރު އަހުމަދު އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ ކުރީ ސަރުކާރުން ފްލެޓާއި ގޯތި ދޭން ނިންމާފައިވާ މީހުންގެ ލިސްޓް މުރާޖަޢާ ކުރާނެކަމަށެވެ.

ހައުސިންގ މިނިސްޓަރގެ ވާހަކަފުޅާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. ރައްޔިތުން ފާޑު ކިޔާ މައިގަނޑު ސަބަބަކީ ފްލެޓާއި ގޯތި އަތުނުލާނެކަމަށް އިންތިހާބުގައި ވައުދުވުމަށްފަހު އެކަމާއި ދިމާ އިދިކޮޅަށް ސަރުކާރުން މަސައްކަތް ކުރަމުންދިއުމެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ގާނޫނާ ގަވާއިދާ އެއްގޮތަށް ކުރީސަރުކާރުން ދޫކޮށްފައިވާ ގޯއްޗެއްވެސް އަދި ފްލެޓެއްވެސް އެމަނިކުފާނުގެ ސަރުކާރުގައި އަތުނުލާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


1

އެޑިޓް

24-Nov-2023

ދެން ނުފޭރޭ ބަހަކު ކޮބާ ... މަންޖެ ފޭރުނު ހުރިހާ އެއްޗެއް ކޮބައިތަ!



ޓްރެންޑިން