ރައީސް ޔާމީންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އާދިއްތަ ދުވަހު އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގަންނަވާނެ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ރައީސް ޔާމިންގެ މަޝްވަރާ ރައީސް ޑރ. މުޢިއްޒާއި ޕީޕީއެމްގެ ލީޑަރޝިޕުން ބަލައިނުގަންނަ ކަމަށް ވިދާޅުވެ އެޕާޓީން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް ހައްދަވަން ރައީސް ޔާމިން ނިންމެވީ ރޭގެ ވަގުތެއްގައެވެ.

އިތުބާރުހުރި މަސްދަރަކުން “ރަސް އޮންލައިން” އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން އުފެއްދެވުމަށް މަސައްކަތް ކުރަށްވާ ޕާޓީގެ ނަމާއި ލޯގޯ މިހާރުވަނީ ފައިނަލް ކޮށްފައެވެ. އަދި ޕާޓީ އުފެއްދުމުގެ ހުއްދައަށް އާދިއްތަ ދުވަހުގައި އީސީއަށް ހުށައަޅާނެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން އުފައްދަވާ ޕާޓީއަށް ގުޅުމުގެ ޝައުޤުވެރިކަން ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި ގިނަ ޢަދަދެއްގެ ޢާއްމު ރައްޔިތުންވެސް ގެންދަނީ ފާޅުކުރަމުންނެވެ.

ރައީސް ޔާމިން ޕީޕިއެމް ދޫކޮށްލައްވަން ނިންމެވިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލް އަހުމަދު ރޭ ޗެނަލް 13 އަށް ދެއްވި އިންޓަވިއު އެއްގައެވެ. ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ޕީޕީއެމް ދޫކޮށްލައްވާ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ޔާމީން ނިންމަވާފައިވާ ކަމަށެވެ.

ޕީޕީއެމް މިހާރު އޮތީ ވަކި ބަޔަކު ހިޞާރުކޮށްފައި ކަމަށާއި ޕީޕީއެމާއެކު ރާއްޖޭގެ އެތަކެއް ހާސް ރައްޔިތުން މަގުމަތިކޮށްލުމުގެ ފުރުސަތު ރައީސް ޔާމީން ނުދެއްވާނެކަމަށްވެސް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ޕީޕިއެމުން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމަވާފައިވާއިރު، ޔާމިން އެންޑޯޒް ކުރައްވައިގެން، ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވައި ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

އަލިކޮއި

24-Nov-2023

ދެން އަބުރާ ޕީޕީއެމް އަށް ނުވައްދާތި! ޕީޕީއެމްއަކީ އަސްލު އޭނަވެސް މައުމޫނު އަތުން ދަމައިގަތް ޕާރޓީއެކެވެ. ތިޔަ އާ ޕާރޓީއަށް އަންނި ޕާރޓީއަށް ވީވަރަށް 3000 ވެސް ހަމަ ނުވާނެއެވެ. ހުރިހާ ތާރީފެއް ޖަމީލަށެވެ. ފުރިހަމަ ބަދަލު ހިފުމެކެވެ.


3

ހ ފަޔާޒު

24-Nov-2023

ރައީސް ޔާމީނަށް ދިވެހިންދަސްނުވިކަމާއިމެދު ހިތާމަކުރަން ރޔާމީނު ކޮއްމެ ހެއްލުމަކީގެއްލުމެށް ޝުކުރިއްޔާ.ރ ސަރ


9

އިއްބެ

24-Nov-2023

ވެރިކަމުގައިއަބަދުވެސްގޭލިވާމީހުންގެއަގެއްނުހުންނާނެއެވެއާކޮއްމެއެއްޗަކީބާވާނޭއެއްޗެކެވެއަދިމިކަމަކީދުނިޔެފެށުނީއްސުރެންއޮންނަހަނގުރާމައޭ



ޓްރެންޑިން