ކައުންސިލަރުން ތިއްބެވީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް އެއްބާލުން ދެއްވައިގެން މަސައްކަތް ކުރެއްވުމަށްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފް މިމޭރުމުން ވިދާޅުވީ ބ. އަތޮޅު ކައުންސިލާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ ގުޅިގެން ބ. ކަމަދޫގައި ބޭއްވި އެސޯސިއޭޝަން އައިޑިއޭޝަން ވޯކްޝޮޕްގެ ހަވާސާގައި ބ. ހއ. އަދި ނ. އަތޮޅުގެ ކައުންސިލަރުންނާއެކު ބޭއްވި ބައްދަލުވުމަށް ފަހުއެވެ.

އެގޮތުން ކައުންސިލަރުންނާއެކު ކުރިއަށް ގެންދެވިފައިވަނީ އުފެއްދުންތެރި މުހިއްމު މަޝްވަރާތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރިމަގު ފެންނަނީ އުޖާލާކޮށް ކަމަށާއި ހުރިހާ ކައުންސިލަރުންވެސް ތިއްބެވީ ސަރުކާރާ ގުޅިގެން ނަތިޖާ ނެރެވޭފަދަ މަސައްކަތްތަކެއް ކުރެއްވުމަށްކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

“މަޝްވަރާތަކުގައި އަތޮޅު ކައުންސިލްތަކާއި ރަށުކައުންސިލްތަކަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތައް ދެނެގަނެވުނު.” ވަޒީރު ވިދާޅުވެފައިވެއެވެ.



ވަޒީރު މިމޭރުމުން ވިދާޅުވެފައި ވާއިރު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު ޢަލީ ނިޔާޒް ވިދާޅުވީ މި ސަރުކާރުން އުފައްދަވާފައިވާ ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ސަބަބުން ކައުންސިލްތަކަށް ލިބިފައި ހުރި ބާރުތަކާއި މަސްއޫލިއްޔަތުތަކާއި އަދާކުރާ ޒިންމާތަކަށް ހުރަސްއެޅުމުގެ ބިރު އެބައޮތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން