މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް (މ)
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް (މ)
މިސަރުކާރު ގެނެވުނީ ރައްޔިތުން 5 އަހަރު މަގުމަތީގައި ވަރަށްބޮޑެތި ޤުރުބާނީތަކެއް ވެގެން ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިޔާމް މިމޭރުމުން ވިދާޅުވެފައިވަނީ ޕީޕީއެމްގެ ލީޑަރ ކުރީގެ ރައީސް ޔާމީން އެޕާޓީން ވަކިވެވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމެވުމާ ގުޅިގެންނެވެ. ރައީސް ޔާމީންގެ ނިންމެވުމަށް ތާޢީދު ނުކުރަށްވާކަން ހާމަކުރަށްވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ ވަރަށް ބުރަ މަސައްކަތްޕުޅުތަކެއްގެ ފޮނި ނަތީޖާ ކަމަށެވެ.

“ސަރުކާރު ގެނެވުނީ ރައްޔިތުން 5 އަހަރު މަގުމަތީ ވަރަށް ބޮޑެތި ޤުރުބާނީތަކެއް ވެގެންނެވެ. ރައީސް ޑރ. މުޢިއްޒު އާއެކު ރައްޔިތުންގެ ވަރަށްގިނަ އުންމީދުތަކެއް އެބަހުއްޓެވެ.” ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުން ރައީސް ޑރ. މުޢިއްޒު ވެރިކަމަށް އިންތިޚާބުކުރަންޖެހުނު ސަބަބުތަކެއް ހުރިކަމަށެވެ. އެގޮތުން އަޅުވެތިކަމަށްދާން ބޭނުންނުވުމާއި އިސްލާމްދީން މަތިވެރިކުރުމާއި ޤައުމު ދަރަނިން ސަލާމަތްކުރުމަށާއި ސުލްހަވެރި އަމާންވެއްޓެއް ޤާއިމުކުރުމާއި ތަރައްޤީއާ ތަމައްދުން ބޭނުންވުމާއި އުފާފާގަތި ފުދުންތެރި ދިރިއުޅުމެއް ހޯދުމާއި ދިވެހީންގެރާއްޖެ ދިވެހީންނަށް ހޯދައިދިނުންފަދަ އެތައް ސަބަބެއް ހުރިކަން ޝިޔާމް ފާހަގަ ކުރެއްވިއެވެ.

“މިހުރިހާ ކަމެއް ކުރައްވަން އެމަނިކުފާނަށް ވަގުތު ބޭނުންފުޅުވެއެވެ. ހުރިހާ ބޭފުޅުންގެ އެހީތެރިކަން ބޭނުންފުޅުވެއެވެ. ޚާއްޞަކޮށް ޕީޕީއެމް-ޕީއެންސީގެ ލޮބުވެތި މެންބަރުންގެ އެއްބާރުލެއްވުމާ އެހީތެެރިކަން އިންތިހާއަށް ބޭނުންފުޅުވެއެވެ.” ރައީސް ޔާމީންގެ ނިންމެވުމަށް ތާޢީދު ނުކުރަށްވާކަން ހާމަކުރަށްވަމުން ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމީން ޖަލު ޙުކުމެއްގައި ހުންނެވުމުގެ ސަބަބުން ވޭތުވެދިޔަ 5 އަހަރު ޕީޕީއެމްގެ ނައިބު ލީޑަރެއްގެ ޙައިސިއްޔަތުން ޕާޓީ ހިންގެވުމުގެ މަސްއޫލިއްޔަތު އުފުއްލެވީ ނުހަނު ދަތީގައިކަމަށެވެ.

“‏19 ވަނަ މަޖިލީހާއެކު ޕާޓީގެ ނައިބުރައީސެއްގެވެސް މަސްޢޫލިއްޔަތާއެކު މަޖިލީހުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަދު މެންބަރުންކޮޅަކާއެކު ސަރުކާރު ޖަވާބުދާރީ ކުރުމުގެ މުހިއްމު މަސްޢޫލިއްޔަތު ވެގެންދިޔައީ ބުރަ އަދި އެހާމެ އުނދަގޫ މަސައްކަތަކަށެވެ. އެންމެ ބޮޑު ގޮންޖެހުމަކަށްވީ ޕާޓީގެ ރައީސް ރައީސް ޔާމީން ޙައްޤުނޫން ސިޔާސީ ޙުކުމެއްގައި ޖަލުގައި ޤައިދުކޮށްގެން އެމަނިކުފާނުގެ އިންތިޚާބީ ޙައްޤު ސަރުކާރުން ނިގުޅައިގަނެގެން ކުރިމަތިކުރުވި ދަތި ދުވަސްތަކެވެ.” ޝިޔާމް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ވަރަށްގިނަ ބައެއްގެ ތާޢީދާ އެކުގައިކަން ޝިޔާމް ފާހަގަކުރެއްވިއެވެ. އަދި އޭގެ ފަހުން ރައީސް ޑރ. މުޢިއްޒުގެ އިލްތިމާސަށް ރައީސް ޔާމީން ގެކޮޅަށް ބަދަލު ކުރެވުނުކަމަށް ޝިޔާމް ވިދާޅުވިއެވެ.

“ވެެރިކަން ބަދަލުވުމާއިއެކު ދިވެހިންނަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ރައީސް ޑރ. މުޢިއްޒުގެ އާސަރުކާރުން ކުރައްވަންހުރި ކަންކަން ލައްކަ ބައިވަރެވެ.” ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ޑރ. މުޢިއްޒުގެ ވަޢުދުފުޅުތައް ބަހުން ބަހަށް ދެލިކުރެވި 953 ގަނޑުގެ ބޯފޮތެއްގައި ޝާއިއު ކޮށްފައިވާ ކަމަށެވެ. އެއީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅުތަކަށް ފުރަގަސް ނުދެއްވާނެކަމުގެ ދަލީލެއް ކަމަށާއި ދެފުށްފެންނަ ވެެރިކަމެއް ރައްޔިތުންނަށް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަމެއްކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

“ރައީސް ޑރ.މުއިއްޒަކީ މިއަދު ދިވެހީންގެ އެންމެބޮޑު އުންމީދެވެ. އިރާދަކުރެއްވިއްޔާ އެމަނިކުފާން ތަފާތު ދައްކަވާނެއެވެ.” ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ އޭނާގެ ޢަޒުމަކީ ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދެއްވުމަށް ރައީސް ޑރ. މުޢިއްޒަށް އެންމެ ފުރިހަމައަށް އެއްބާރުލުންދީ އަދި ދިވެހީން ގެނައި މި އުއްމީދީ ސަރުކާރު ދަމަހައްޓަން އެންމެ ކުރީސަފުގައި މަސައްކަތްކޮށްދިނުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ޢަހުމަދު

26-Nov-2023

މިވަރުގެ ބައެއް މަނުދެކެން.ހާދަވާ ހީލަތްތެރި ބައެކޭ. ފޮޓޯ ޖަހަގައި ހުސްގޮނޑި ބަހައްޓައިގެން ޕީޕީއެމް އާއްމުމެންބަރުން ހައްދާލައިގެން ވެރިކަމަށް އައީ


0

ކުރުސީ

25-Nov-2023

ރައްޔިތުން ހަނާވީމަ ކަލޭމެން ފޮނިކޮޅުތިބޯލަނީ ޙަޔާތްކުޑަ މުޑުދާރު ބައިގަނޑެއް



ޓްރެންޑިން