މިއީ ކާމިޔާބު ވެރިކަމަކަށް ހެދުމަށް ސާބިތުކަމާއެކު ދެމިހުންނަވާނެ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާރޖް މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރައީސް ޔާމިން އެޕާޓީން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް ހެއްދެވުމަށް ނިންމެވުމާއި ގުޅިގެން މުންދު ވިދާޅުވީ ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ހިތްވަރުގަދަ މެންބަރުން 5 އަހަރު ކުރި ބުރަ މަސައްކަތުން އެމް.ޑީ.ޕީ ވެރިކަމުން ދުރުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ޑރ. މުޢިއްޒު ވެރިކަމަށް ގެނައީ ރައްޔިތުންގެ ބޮޑު އިތުބާރަކާއެކު ކަމަށާއި ޤައުމުގެ ހިންގުން ރައީސް ޑރ. މުޢިއްޒާއި ޙަވާލުކުރީ ދިވެހި ރައްޔިތުން ކަމަށް މުންދު ވިދާޅުވިއެވެ.

“އެމަނިކުފާނުގެ ވެރިކަން ކާމިޔާބު ކުރުމުގައިވެސް ދެމިތިބޭނީ ހަމަ އަޅުގަނޑުމެން.” މުންދު ވިދާޅުވެފައިވެއެވެ.



ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕްގެ ތެރޭގައި އުފެދިފައިވާ މައްސަލަތަކުގެ ތެރޭގައި ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެ ވަޑައިގަތުމަށް ނިންމަވާފައެވެ. އަދި އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތްވެސް އެމަނިިކުފާނު ވަނީ ފައްޓަވާފައެވެ.

ރައީސް ޔާމީން އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށްޓަވާފައިވާއިރު އެމަނިކުފާނަށް ވަފާތެރިކޮށް ތިއްބެވިކަމަށް ބެލެވުނު ބޭފުޅުންވެސް މިއަދު ވަނީ ރައީސް ޑރ. މުއިއްޒުގެ ފަހަތަށް އަރާވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން