އަހުމަދު ޝާހް   25 ނޮވެމްބަރު 2023 - 17:12
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމްގެ އޮފީސް ހިންގަމުންދާ ޢިމާރާތް ހުސްކުރުމަށް އެގޭގެ ވެރިފަރާތުން ޕާޓީގެ ލީޑަރޝިޕަށް އަންގައިފިއެވެ.

ހ. ހުރަފާ ގައި ހިންގަމުން ގެންދިޔަ ޕީޕީއެމްގެ އޮފީސް ހުސްކުރުމަށް އަންގާފައިވާއިރު ޕީޕީއެމްގެ ލީޑަރ އަދި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވަނީ އެޕާޓީން ވަކިވެ ވަޑައިގަތުމަށް ނިންމަވާފައެވެ.

ގޭގެ ވެރިފަރާތުން ޕީޕީއެމްގެ ލީޑަރޝިޕަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ހ. ހުރަފައިގެ ގްރައުންޑް ފްލޯ އާއި އެއް ވަނަ ފަންގިފިލާ ކުއްޔަށް ދޫކުރީ ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން، ރައީސް ޔާމީންގެ އޮފީހެއް ހިންގެވުމަށް ކަމަށެވެ. ނަމަވެސް އެތަނުގައި ޕީޕީއެމްގެ އޮފީހެއް ހިންގަމުންދާތީ، އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށް ސިޓީގައިވެއެވެ.

އޭގެ އިތުރުން އެތަން ހުސްކޮށް 1 ދުވަހުގެ ތެރޭގައި ތަން ހަވާލުކުރުމަށް އެ ސިޓީގައި ވަނީ އެދިފައެވެ.

ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ ކޯޅުންތައް ބޮޑުވެ އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ރައީސް ޔާމީން ފަށާފައިވާކަމަށް އިޢުލާނު ކުރެއްވީ އެމަނިކުފާނުގެ އިސް ވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދެވެ. އަދި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި މާދަމާ އީސީއަށް ހުށައަޅުއްވާނެ ކަމަށް މަޢުލޫމާތުލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން