ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް އުފައްދަވާ އާ ސިޔާސީ ޕާޓީގެ ނަމަކީ "ޕީޕަލްސް ނޭޝަނަލް ފްރޮންޓް" ކަން ހާމަކޮށްފިއެވެ.

ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕްގެ ތެރޭގައި އުފެދިފައިވާ މައްސަލަތަކުގެ ތެރޭގައި ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެ ވަޑައިގަތުމަށް ނިންމަވާފައެވެ. އަދި އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތްވެސް އެމަނިިކުފާނު ވަނީ ފައްޓަވާފައެވެ.

ރައީސް ޔާމީން އުފައްދަވާ ޕާޓީއަށް "ޕީޕަލްސް ނޭޝަނަލް ފްރޮންޓް" ކިޔުމަށް ނިންމަވާފައިވާއިރު އެޕާޓީގެ ކުލައަކަށް ޚިޔާރު ކުރަށްވާފައިވަނީ ދަނބު ކުލައެވެ. އޭގެ އިތުރުން ޕާޓީގެ ލޯގޯ އާއި މީސްމީޑިއާ އެކައުންޓްވެސް މިރޭ ވަނީ އިފްތިތާޙް ކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީންގެ އައު ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި މާދަމާ އިލެކްޝަން ކޮމިޝަނަށް ހުށަހަޅާނެއެވެ.



ރައީސް ޔާމީން އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިފައިވާއިރު އެމަނިކުފާނަށް ވަފާތެރިކޮށް ތިއްބެވިކަމަށް ބެލެވުނު ބޭފުޅުންވެސް މިއަދު ވަނީ ރައީސް މުއިއްޒަށް ތާޢީދު ކުރަށްވައި ސަރުކާރާއެކު ދެމި ތިއްބަވާނެކަމަށް ވިދާޅުވެފައެވެ.

11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަށްވަމުން ގެންދަވާ ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދުގައެވެ. އެމަނިކުފާނުގެ އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުންތައް ހައިކޯޓުގައި ނިމިފައިވާއިރު, ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ.

އީސީން މިއަދު ބުނީ ހުކުމެއް ތަންފީޒް ކުރާ މީހެއްގެ ނަމުގައި ސިޔާސީ ޕާޓީ ރެޖިސްޓްރީ ނުކުރެވޭނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


2

އަލިމަސް

26-Nov-2023

ރައީސު ނަޝީދު ވެސް އެމްޑީޕީއިން ވަކިވެ އައު ޕާޓީއެއް އުފެއްދެވިއެވެ.



ޓްރެންޑިން