ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.
ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕްގެ ތެރޭގައި އުފެދިފައިވާ މައްސަލަތަކުގެ ތެރޭގައި ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެ ވަޑައިގަތުމަށް ނިންމަވާފައެވެ. އަދި އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތްވެސް އެމަނިިކުފާނު ވަނީ ފައްޓަވާފައެވެ.
ޕީއެންއެފް އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގެން އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންނެވީ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި، ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލްއާއި، ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދާއި، ކުރީގެ ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް އައްބާސް އާދިލް ރިޒާ އާއި ކުރީގެ ޗީފް އޮފް ސްޓާފް އަޙްމަދު މުސްތަފާއެވެ.
ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމާއެކު ވީހާވެސް އަވަހަށް ޕާޓީ ރަޖިސްޓްރީ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ރައީސް ޔާމީންގެ ޓީމުން ގެންދަނީ ބުނަމުންނެވެ.
އީސީގެ ގަވާއިދު އޮންނަ ގޮތުން ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދެނީ އެންމެ ބޭފުޅަކަށެވެ. ރައީސް ޔާމީނުގެ ޕާޓީގެ މުއައްސިސަކަށް ހަމަޖައްސަވާފައިވަނީ އެމަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.
ރައީސް ޔާމީން އުފައްދަވާ ޕާޓީއަށް "ޕީޕަލްސް ނޭޝަނަލް ފްރޮންޓް" ކިއުމަށް ނިންމަވާފައިވާއިރު އެޕާޓީގެ ކުލައަކަށް ޚިޔާރު ކޮށްފައިވަނީ ދަނބު ކުލައެވެ. އޭގެ އިތުރުން ޕާޓީގެ ލޯގޯ އާއި މީސްމީޑިއާ އެކައުންޓްވެސް ރޭ ވަނީ އިފްތިތާޙް ކޮށްފައެވެ.
ރައީސް ޔާމީން އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިފައިވާއިރު އެމަނިކުފާނަށް ވަފާތެރިކޮށް ތިއްބެވިކަމަށް ބެލެވުނު ބޭފުޅުންވަނީ ރައީސް ޑރ. މުއިއްޒަށް ތާޢީދު ކުރަށްވައި ސަރުކާރާއެކު ދެމި ތިއްބަވާނެކަމަށް ވިދާޅުވެފައެވެ.
11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަށްވަމުން ގެންދަވާ ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދުގައެވެ. އެމަނިކުފާނުގެ އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުންތައް ހައިކޯޓުގައި ނިމިފައިވާއިރު، ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ.

ކިޔުންތެރިންގެ ހިޔާލު