ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ ދިރިއުޅުއްވުން ސިންގަޕޫރަށް ބަދަލު ކުރަށްވާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވާ ޚަބަރު އެމަނިކުފާނު މިއަދު ދޮގު ކުރަށްވައިފިއެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކުން މިއަދު ޚަބަރު ފަތުރާފައިވަނީ ޢުމްރާގެ އަޅުކަމަށްފަހު ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ސިންގަޕޫރުގައި ވަޒަންވެރިވެފައިވާ ކަމަށެވެ. ނަމަވެސް އަދީބު ވަނީ އެވާހަކަތައް ދޮގު ކުރަށްވާފައެވެ.
އަދީބު ވިދާޅުވީ، އެމަނިކުފާނު ސިންގަޕޫރުގައި ވަޒަންވެރިވެއްޖެ ކަމަށް މީޑިއާތަކުން ކޮށްފައިވާ ރިޕޯޓްތަކަކީ ތެދު ރިޕޯޓްތަކެއް ނޫން ކަމަށެވެ. އަދި މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވީ ބޭސްފަރުވާއަށް ކަމަށް އަދީބު ވިދާޅުވިއެވެ.
"ބޭސްފަރުވާއަށް ފަހު، އަޅުގަނޑު އެނބުރި ދާނީ އަޅުގަނޑުގެ ލޯބިވާ ޤައުމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑު ދިރިއުޅޭނެ، މަސައްކަތްކުރާނެ އަދި ވަޅުލާނީ އަޅުގަނޑު ނިސްބަތްވާ ލޮބުވެތި ދިވެހި ފަސްގަނޑުގައި." އަދީބު ވިދާޅުވެފައިވެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް ރައީސް ސާލިޙުގެ ސަރުކާރުން މައާފް ދެއްވުމުން އެމަނިކުފާނު މިހާރު ވަނީ މިނިވަންވެވަޑައިގެންފައެވެ. ޖަލުގެ ހުކުމުން މިނިވަންވެވަޑައިގަތުމުން އަދީބު މިހާރު ވަނީ ރާއްޖެ އިން ބޭރަށް ފުރާވަޑަައިގެންފައެވެ.
އަދީބު ވިދާޅުވީ އެމަނިކުފާނަކީ މިހާރު މިނިވަނެއް ކަމަށްވާތީ ރާއްޖެއިން ބޭރަށް ދަތުރުފަތުރުކޮށް އުޅުމުގެ ހައްގު އެމަނިކުފާނަށް ވެސް އޮންނާނެ ކަމަށެވެ.
އަދީބާއެކު އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބުވެސް ކުރީގެ ރައީސް ޞާލިޙްގެ ސަރުކާރުން ވަނީ މައާފްކޮށްދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު