ވަޒީރުންގެ ރަށްވެހިކަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.

ރައީސް ޑރ. މުއިއްޒުގެ ކެބިނެޓަށް ޢައްޔަނު ކުރަށްވާފައިވާ 22 ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހުގެ ކޮމިޓީއަށް ހުށައަޅުއްވާފައި ވާއިރު ބައެއް ވަޒީރުންގެ އަތްޕުޅުގައި އެހެން ޤައުމެއްގެ ޕާސްޕޯޓް އޮތްކަން ކަށަވަރު ކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

ކޮމިޓީން ނިންމާފައިވަނީ ރައީސް އޮފީހުގައި ދަންނަވައިގެން އެ މަޢުލޫމާތު ސާފު ކުރުމަށެވެ. ސަބަބަކީ އެފަދަ މަޢުލޫމާތު ފޯރުކޮށްދިނުމަކީ މޯލްޑިވްސް އިމިގްރޭޝަންގެ މެންޑޭޓްގެ ތެރޭގައި އޮތް ކަމެއް ނޫން ކަމަށް އެއިދާރާއިން ކޮމިޓީއަށް މަޢުލޫމާތު ދީފައިވާތީއެވެ.

ވަޒީރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ބަޔާންކުރާ ގާނޫނުއަސާސީގެ 130 ވަނަ މާއްދާގެ (ހ) ގައި ދިވެހި ރައްޔިތަކަށް ވުމާއެކު، އެހެން ގައުމެއްގެ ރައްޔިތަކަށްނުވުން ހިމަނާފައިވެއެވެ.

ވަޒީރުންގެ ރަށްވެހިކަމުގެ މަޢުލޫމާތު ސާފުކުރުމަށް ރައީސް އޮފީހުގައި ދެންނެވުމަށް ކޮމިޓީން ނިންމާފައިވާއިރު ވަޒީރުކަމަށް ޢައްޔަނުކުރާ ފަރާތްތައް ކޮމިޓީއަށް ޙާޟިރުކޮށްގެން އިންޓަވިއު ނުކުރެވޭނެކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން