ރައީސް ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ތުހުމަތުކޮށް ހުށައަޅާފައިވާ މައްސަލަ މަޖިލީހުގެ އިމްތިޔާޒާބެހޭ ކޮމިޓީއަށް ފޮނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް ރައީސް ނަޝީދު އަރައިގަތް މައްސަލަ މި އަހަރުގެ ޖޫން 19 ގައި ހުށައަޅާފައިވަނީ އެމްޑީޕީގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަނެ ތަޅުމުގައިވަނީ ބަހުސްވެސް ކޮށްފައެވެ.

ޝަރީފް ހުށައެޅުއްވި މައްސަލާގައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ނާއިބްރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިންކާރު ކުރައްވައި، މަޖިލީހުގެ އިމްތިޔާޒާ ތަކުރާރުކޮށް ޚިލާފުވެވަޑައިގެންފައިވާ ކަމަށެވެ. އަދި މިއީ މިޤައުމުގައި ހިންގޭނެ އެންމެ ބޮޑު އެއް ޚިޔާނާތް ކަމަށާއި، މިއީ ޤާނޫނުގެ ބާރު ކަނޑުވާލުން ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

މި މައްސަލައިގައި ބަހުސް ކުރުމަށް ފެންނަކަމަށް 37 މެންބަރަކު ވޯޓު ދެއްވާފައިވާއިރު، ނުފެންނަކަމަށް 13 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ހުސަެނުބެ

27-Nov-2023

ރަގަޅު! އަވަސް ގޮތަކަށް ތިޔަ ތަނުންވެސް ބޭރުކުރޭ! މި ގައުމު ދުއް ނުލަފާ ޚާއިނެއް!



ޓްރެންޑިން