ކައުންސިލަރުންގެ މުސާރަ 33 އިންސައްތަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ލަފާދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ކައުންސިލް މެންބަރުންގެ މުސާރައަށް 33 ޕަސެންޓްގެ ކުރިއެރުމެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށާއި ބަޖެޓު ކޮމެޓީއަށް ލަފާދިނުމަށެވެ.

މި ބަދަލު ގެނައުމަށް ކޮމިޓީން ނިންމި މައިގަނޑު ސަބަބަކީ ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ 35 އިންސައްތަ ބޮޑުކުރުމުން ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުނަށްވުރެ ބޮޑުވެފައި ވާތީއެވެ.

އެގޮތުން ކޮމިޓީން ލަފާދީފައިވަނީ ކައުންސިލް ރައީސްގެ މުސާރަ 25000 ރުފިޔާއަށް ނައިބު ރައީސްގެ މުސާރަ 20000 ރުފިޔާއަށް އަދި ކައުންސިލަރުންގެ މުސާރަ 18000 ރުފިޔާއަށް ބޮޑު ކުރުމަށެވެ.

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3

ޖެއްސުން

29-Nov-2023

ބަލިވީމާ ދެން ޖެއްސުން ކުރޭ. ޢެދެން ކުރެވެން އޮތް ކަމަކީ މިމަދު ދުވަސްކޮޅުތެރޭ.

12

ޙަގީގަތް

28-Nov-2023

ފައިސާއެއް ނެތޯ. ދަރާފަޔޯ. ދެން ކޮންތާކުން މިހާރުފައިސާ ހޯދީ. ހުކުރުމިސްކިތު ވަޅުން ނެގި ފެނުން ދޯ

1

ޙަގީގަތް

28-Nov-2023

އެމީހުންނަށްވެސް ކުރިމަތި ލެވޭނެ އިލްމީ ފެންވަރެއް ކަނޑަ އަޅާފައި އެކަށީގެންވާ މުސާރަ ކަނޑަ އަޅާ. ސިޔާސީ ކަންކަމަށް ރައްޔިތުންގެ ފައިސާ ބޭކާރު ނުކުރޭ

5

އަމުރު

28-Nov-2023

އަހަރެން މިއުޅެނީ އެސް,ޓި,އޯ ގަ އެތާގެ މުވައްޒަފުންގެ މުސާރަ މިހާރު ކުޑަ,އަހަރެނަކީ ޑިގުރީ ހަދާފަކުރި މީހެއް, މުސާރާގެ ކުރިއެރުމެއްވެސް 8 އަހަރު ވީއިރު ނުލިބޭ.

9

އަމުރު

28-Nov-2023

އަހަރެން މިއުޅެނީ އެސް,ޓި,އޯ ގަ އެތާގެ މުވައްޒަފުންގެ މުސާރަ މިހާރު ކުޑަ,އަހަރެނަކީ ޑިގުރީ ހަދާފަކުރި މީހެއް, މުސާރާގެ ކުރިއެރުމެއްވެސް 8 އަހަރު ވީއިރު ނުލިބޭ.

7

އަމުރު

28-Nov-2023

އަހަރެން މިއުޅެނީ އެސް,ޓި,އޯ ގަ އެތާގެ މުވައްޒަފުންގެ މުސާރަ މިހާރު ކުޑަ,އަހަރެނަކީ ޑިގުރީ ހަދާފަކުރި މީހެއް, މުސާރާގެ ކުރިއެރުމެއްވެސް 8 އަހަރު ވީއިރު ނުލިބޭ.

12

ތޫރި

28-Nov-2023

ކޮންމެ މީހަކުވެސް ބޭނުންވަނީ މުސާރަ ބޮޑުކޮށް ދޭން ތަކެތީގެ އަގު އިންތިހާއަށް މައްޗަށް މުސާރަ ނުލިބޭ މީހުން ނައް ހުރިހާ ނިކަމެތި ކަމެއް

7

އަލިފާންކަނި

28-Nov-2023

ކައުންސިލްގެ ކޮންބައެއްގެ މުސާރައެއްތަ ބޮޑުވެގެން ތި ހޭނެތިގެން ތި އުޅުއއވަނީ.ކައުންސިލަރުންނަށްވުރެން ކޮން އިދާރީ މުވައްޒަފުންގެ މުސާރަ އެއްތޯ ބޮދުވީ. ކުރަންވި ކަމަކީ މިހާރަށްވުރެ ކައުންސިލަރުން މަދުކޮށް މަސައްކަތްް ކިރާނެ އިދާރީމީހުން އިތިރުކޮށް މުސާރަ ބޮޑުކިރަންވީ.ކުރާނެ ކަމެއް ނޭގެންޏާ އިސްތިއުފާ ދެއްވަބަލަ. ތިމާމެންގެފައިދާއަށްވުރެ ޤައުމު ނަގަހައްޓާ ދަމަހައްޓައި ނަގަހައްޓަން ނޭގެންޏާ އަވަހަށް އިސަތިއުފާ ދެއްވާ ް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

3

އަލިފާންކަނި

28-Nov-2023

މޮޔަފުޅު ވެގެންތަ ތިއުޅުއްވަނީ ލާރިގިނަވެގެން ހަދާނެ ގޮތެއް ނޭނގިގެން އުޅޭހެން ހީވަނީ. ދަރާބޯހިކެން ނެތިގެން އުޅޭއިރު މަސައްކަތް ނުކޮށް ހަމައެކަނި ޖަލަސާއެއްބާއްވާ ބަޔަކަށް މުސާރަ ބޮޑުކުރަން ހޭނެތިގެން ތި އުޅުއްވަނީ ކޯއްޗެއް ހިތަން އަރައިގެން ބާވައޭ ހީވޭ.

ޓްރެންޑިން