ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް ހެންވޭރު ރަންގަލި 4، ޙަމްދީ ޢަޤީލް
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް ހެންވޭރު ރަންގަލި 4، ޙަމްދީ ޢަޤީލް
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެމްބަރުންގެ މުސާރަ ކަނޑައަޅުއްވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ރައީސް އެދިވަޑައިގެންފައި ވަނީ ޕީބީސީގެ ރައީސަށް މުސާރައާއި ލިވިން އެލަވަންސާއެކު 55000 ރުފިޔާ ހަމަޖައްސަވައި ދެއްވުމަށެވެ. އަދި ނައިބު ރައީސަށް މުސާރައާއި ލިވިން އެލަވަންސާއެކު 45000 ރުފިޔާ ދިނުމަށް ރައީސް ހުށައަޅުއްވާފައިވެއެވެ.

އޭގެ އިތުރުން ޕީސީބީގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަށް ދިނުމަށް ހުށައަޅާފައިވަނީ 20000 ރުފިޔާގެ ލިވިން އެލަވަންސެކެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައެވެ.

ޕީސީބީގެ މެންބަރުންނަށް ނިސްބަތުން ބޮޑު މުސާރައެއް ކަނޑައެޅުމަށް މަޖިލީހަށް ހުށައަޅުއްވާފައިވާއިރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ބޯޑުގެ ރައީސްކަމުގެ މަގާމަށް ހެންވޭރު ރަންގަލި 4، ޙަމްދީ ޢަޤީލް ޢައްޔަނުކުރައްވައިފައެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ.

ޕީސީބީގެ ގާނޫނު ބުނާ ގޮތުން އެ އިދާރާގެ ބޯޑަކީ ރައީސް އައްޔަން ކުރައްވާ ހަތް ބޭފުޅުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ.


ކިޔުންތެރިންގެ ހިޔާލު


2

ފައިސާ

30-Nov-2023

ތީ އަހަރުމެނަށްލިބޭ ލުއިލޯނެއްނު


-3

ލައްޓިބެ

30-Nov-2023

މިބޯޑްގައި 2 މުސާރަ ނަގާ މެންބަރަކުވެސް އެބައުޅޭ އެއީ ޕީސީއެންސީގައި މިހާރު މަޤާމެއް ދޭނެ މީހަކު ނެތީމާ އެކަކަށް ދެމަޤާމްދޭން މަޖްބޫރުވަނީ


-1

ލައްޓިބެ

30-Nov-2023

މިބޯޑްގައި 2 މުސާރަ ނަގާ މެންބަރަކުވެސް އެބައުޅޭ އެއީ ޕީސީއެންސީގައި މިހާރު މަޤާމެއް ދޭނެ މީހަކު ނެތީމާ އެކަކަށް ދެމަޤާމްދޭން މަޖްބޫރުވަނީ


2

ޙަގީގަތް

28-Nov-2023

މާސްޓަރސް ހަދާފަ ހުންނަ ޓީޗަރެއްގެ މުސާރަ އަކީ 12409 ރުފިޔާ ސެޓްފިކެޓް %30 ރަނގަޅުތާ ރެއެއް ދުވާލެއްނެތި މަސައްކަތުގާ.


5

ޙަގީގަތް

28-Nov-2023

އެބޭފުޅުންގެ ތައުލީމީ ފެންވަރު ދަށްވެގެން މާސްޓަރސް ފެންވަރުގާ ހުރުމަށް ޝަރުތު ނުކުރޭ ކީއްވެ


10

ޢަމަލް

28-Nov-2023

ތީ އަރަތެއް މިނިވަން ވާނެ ގޮޮތެއްނެތް


7

ޙާލިދު

28-Nov-2023

ތިޔަ ތަން ފިނޭންސްގެ ދަށުން ނަގާފަ މިނިވަންކުރަން މާ ރަނގަޅު. ކިހާ ހެއްވާ ކުންފުނިތަކުގެ ބެލެނެވެެރި ފަރާތޯ ތީ އެކަމަކު ސިވިލް ސަރވިސްގެ ދަށުގަ އޮންނަނީ.



ޓްރެންޑިން