ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރަށް އެމްޑީޕީ މެންބަރުންގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު އަބްދުالله ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޔައުގޫބް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި ފަހުން ހައުސިންގ މިނިސްޓަރުގެ އިތުބާރު ދެފަހަރަށް ގެއްލިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަކީ އެމަނިކުފާނު އެންމެ ފުރަތަމަ ނޫސް ކޮންފަރެންސް ބޭއްވި ދުވަސްކަމަށް ޔައުޤޫބް ވިދާޅުވިއެވެ. އަދި ދެވަނަ ފަހަރަށް އިތުބާރު ގެއްލުނީ އިއްޔެއޮތް މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކުގެ ސަބަބުން ކަމަށް ޔައުޤޫބު ވިދާޅުވިއެވެ.

ޔައުޤޫބު ވިދާޅުވީ ހައުސިންގ މިނިސްޓަރަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއްކަން ސާފުވެފައިވާތީ އެމަނިކުފާނަށް އިތުބާރު ނެތްކަމަށެވެ. ޔައުޤޫބު ވިދާޅުވީ ގޯއްޗާއި ފްލެޓްތަކުގެ މައްސަލަ އޭސީސީއަށް ވައްދައިގެން މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކުރިއަށްއޮތް މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ.

“ރައީސް ވިދާޅުވި ކޯޓުތަކާއި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވުން މިހިސާބުން ނިމުނީއޭ. ނަމަވެސް ފެނިގެން މިދަނީ މިނިވަން މުއައްސަސާތައް މި ސަރުކާރުގެ ޔުނިޓްތަކެއްގެ ގޮތުގައި މަސައްކަތް ކުރާތަން” ޔައުޤޫބު ވިދާޅުވިއެވެ.

ޔައުޤޫބު މިމޭރުމުން ވިދާޅުވެފައިވާއިރު ކުރީ ސަރުކާރުން 4،000 ފްލެޓް ލިބުނު މީހުންނަށް ފްލެޓް ދޫކުރުން ހުއްޓާލުމަށް އޭސީސީން އެންގި ފަހުންވެސް ސަރުކާރުން ފްލެޓް ދޫކުރުން ކުރިއަށް ގެންދިޔައެވެ. އެހެން ނަމަވެސް، އެ މަސައްކަތް ފަހުން ވަނީ ހުއްޓާލާފައެވެ. އެ ފްލެޓްތަކުގެ ދާއިމީ ލިސްޓު އެކުލަވާލީ ރަނގަޅަށް ނޫން ކަމަށްބުނެ ގިނަ ބަޔަކު ވަނީ ޝަކުވާ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން