ކޯޓުގައި އޮތް ރައީސް ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވުމަށް ރައީސް ޑރ. މުއިއްޒުގެ ކޮއްކޮ ދެފަހަރަށް ކޯޓަށް ފޮނުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު އަބްދުالله ތުހުމަތު ކުރަށްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ވިދާޅުވީ ސަރުކާރުން މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އޭސީސީއަށް ސަރުކާރުގެ ނުފޫޒު އިންތިހާއަށް ފޯރުވަމުން ގެންދާކަމަށް ޔައުޤޫބު ވިދާޅުވިއެވެ.

ޔައުޤޫބު ވިދާޅުވީ ޕީއެންސީން ކުރިއަށްއޮތް މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރުމަށް މިނިވަން މުއައްސަސާތަކާއި ކޯޓުތައް ބޭނުންކޮށްގެން މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އަދި މިއީ ރައީސް މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ދެއްވި ތަޤުރީރާއި ފުށުއަރާ ކަންތައްތަކެއް ކަމަށް ޔައުޤޫބު ވިދާޅުވެފައިވެއެވެ.

“މިދިޔަ ހަފްތާގައި ދެފަހަރެއްގެ މަތިން ރައީސްގެ ކޮއްކޯފުޅު ރައީސް އޮފީހުގެ ވަޒީރެއް މެދުވެރިކޮށް ކޯޓުތަކަށް ނުފޫޒު ފޯރުވުމަށް ރައީސް ޔާމީންގެ މިހާރު ހައިކޯޓުގައި ހިނގަމުންދާ މައްސަލަގަ އެޙުކުމް ރައީސް ޔާމީން އާއި ދެކޮޅަށް ނިންމަންވެގެން ނުފޫޒު ފޯރުވަން. ދެފަހަރެއްގެ މަތިން ފޮނުވައިފި.” މެންބަރު ޔައުޤޫބު މިއަދު ވިދާޅުވިއެވެ.

ޔައުޤޫބު ވިދާޅުވީ އެމަނިކުފާނު އުންމީދު ކުރަށްވައިގެން ހުންނެވީ ރައީސް ޔާމީން މިނިވަން ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަށްވާނެ ބޭފުޅަކަށް ރައީސް ޑރ. މުޢިއްޒު ވެގެންދާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ދެފަހަރެއްގެ މަތިން ކޯޓަށް ނުފޫޒު ފޯރުވޭތޯ މަސައްކަތް ކޮށްފައިވާ ކަމަށް ޔައުޤޫބު ވިދާޅުވިއެވެ.

އެހެންކަމުން ބަހާއި ޢަމަލު ދިމާނުވާ ސަރުކާރަކަށް އިތުބާރު ކުރަންޖެހޭ ސަބަބެއް ނެތްކަމަށްވެސް ޔައުޤޫބު މިއަދުވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ބަކުރުބެ

30-Nov-2023

ރައީސް ޔާމީން އަށްޓަކައި މަސައްކަތް ކުރަމުން ދަނީ ތިޔަ ބޭފުޅާ އެއްގޮތަށް ވެސް ހީނުކުރައް ވާތި އަބަދުމެ ތިހެން ދޮގު މަޢުލޫމާތު ފެތުރުމުގެ މަސައްކަތް ކުރަމުން ދާއިރު ފަޝީހަތް ނުވާނެ ކަމަށް ވަރަށް އަވަހަށް ހައްލު ލިބޭނެ إن شاء الله


9

މާމަ

30-Nov-2023

އޭޔައުގޫބު މަޖިލީހަށް އައިީ ވަގު ނަގަން ކަމުގައި މަސައްކަތް ކުރަމުން ދަނީ ތިޔަ ބޭފުޅާ ވެސް އޭގެ މަންފާ ލިބޭ ނަމަ ހޯދުމަށް ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން ތިއްބެވި މެންބަރުންނަށް މިއީ ވަރަށްނާތަހުޒީބު ފިޑި އަމަލެއް ދޮގު މަޢުލޫމާތު ފެތުރުމުގެ ނުރައްކާތެރިކަން އެގޭ މީހުން ނަށް ތިޔަ ބޭފުޅާ ދެއްވި ތަގްރީރު ކަމަކުނުދޭ


2

އަލިފާންކަނި

30-Nov-2023

ދޮގުހެދުމުގެ ޕީއެޗްޑީ ނަންގަވާފަހުރި ބޭފުޅެއް. ޔާމީން މިނިވަން ވެދާނެތީ ކަންބޮޑުވާމީހުން މި އެގެނީ.ޔާމީނު މިނިވަން ވިއްޔާ ނުވިއްޔާ އެމް.ޑީ.ޕީ މެންބަރުންނަށްކީއް.ﷲވާގިފުޅާއެކު ކަލޭމެން ކިތައްމެ ނުރުހުނަސް މިނިވަންވާނެ.


-2

ދުރުމި

30-Nov-2023

މި ޔަޢުޤޫބަކީ ދޮގުހެދުމުން ޕީއެޗްޑީ ހޯދާފައިވާ މީހެއްް


2

علي وحيد

29-Nov-2023

އައިސާ މިފެންނަނީ ސިޔާސީ ހަތުރުންނާއި މިތުރުންގެ ވާހަކަ ދެންބަލަމާހިނގާ މިއަދުގެ ސަރުކާރާއި އެމްޑީޕީ ސިޔާސީ ގޮތުން ދެކޮޅުވާނެ ނަމަވެސް މިއަދުގެ ޙާލަތަށް ބަލާއިރު އެމްޑީޕީގެ މެންބަރުން ތާއީދު ނުކުރެއްވިޔަސް ރައީސް އަބްދުﷲ ޔާމީނުއަށް ނިސްބަތްކޮށް އެމްޑީޕީގެ މެންބަރުން ހެޔޮބަސްބުނާނެ އެހެނަސް ހެވެއްނޭދޭނެ ނަމަވެސް މުއިއްޒުގެ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ރައީސް އަބްދުﷲ ޔާމީނުއަށް ހެޔޮބަސްބުނާނެ


0

ޢައިސަ

29-Nov-2023

ޟމިމީހުން ކޮންއިރެއްގަބާ ޔަަމިން އަށް މާހެޔޮއެދެން މިފެށީ


3

ވ

29-Nov-2023

މޑޕ އަދި ޔާމީނުގެއަތިސްމީހުންވެގެން ޔާމީނުމިނިވަންވެދާނެތީ ކޯޓުތަކަންއަތްބާނާގެންމިއުޅެނީ ކީވެ ކޮންބިރެއްގަންނަނީތަ ޔާމީނުވީލާލާފަހުއްޓަސް ވެރިކަންހަމަލިބިދާނެނު ﷲ އިރާދަކުރައްވާފިއްޔާ ޔާމީނުސަލާމަތްކުރަންއަތްނުބާނާނަމޭ މުއިއްޒުބުނީ އެކަމަކު ބަށްދުގާބަހައްޓަންޖަލައްލާން އަތބާނާނެކަން ސާބިތުވަނީ އަމަލާބަހުން



ޓްރެންޑިން