ސަރުކާރު ހިއްސާވާ 20 ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން މިއަދު ބުނެފައިވަނީ ކުންފުނިތަކަށް މެނޭޖިންގ ޑިރެކްޓަރުން އައްޔަންކުރެއްވުމަށްޓަކައި ޕީސީބީގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުގެ ދަށުން ޕީސީބީން މިއަދު މެނޭޖިންގ ޑިރެކްޓަރުންގެ ގޮތުގައި އައްޔަންކުރައްވާފައިވާ ބޭފުޅުންނަކީ:

އަބްދުލް މަތީން މުޙައްމަދު – އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ

އަބްދުﷲ ޒިޔާދު – އެމްޓީސީސީ މެނޭޖިންގ ޑިރެކްޓަރ

ހުސައިން ފަހުމީ – ސްޓެލްކޯ މެނޭޖިންގ ޑިރެކްޓަރ

އިބްރާހިމް ފަޟުލް ރަޝީދު – އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ

އިބްރާހިމް ޝަރީފް – އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ

މުޙައްމަދު ވަޖީހު އިބްރާހިމް – އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރ

ޝިމާދު އިބްރާހިމް – އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ

އިބްރާހިމް އިޔާސް – އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ

މުޖުތަބާ ޖަލީލު – ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ

އާމިނަތު ޒީނިޔާ – އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރ

ހަމްދާން ޝަކީލު – ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ

ހައްވާ ޝިއުނާ – އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ

މުހައްމަދު ޝަކީލު – މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ

ސައީދާ އުމަރު – ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ

ޒީނާ ޒާހިރު – ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ

ބްރިގޭޑިއަރ ޖެނެރަލް އަލީ ޒުހައިރު – ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ

މުޢާޒް މުހައްމަދު – ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ

އަޙްމަދު މުބީން – ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓްގެ މެނޭޖިންގ ޑިރެކްޓަރ

އަޙްމަދު ނާޠިމް – މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ

އަޙްމަދު ނިޔާޛު – މޯލްޑިވްސް ޓޫރިޒަމް ކޯޕަރޭޝަން ޕަބްލިކް ލިމިޑެޓްގެ މެނޭޖިންގ ޑިރެކްޓަރ

ޕީސީން ސަރުކާރުގެ ގިނަ ކުންފުނިތަކަކަށް އެމްޑީން އައްޔަނު ކުރަށްވާފައިވާއިރު ސަރުކާރުން ވަނީ އެ ބޯޑަށް ބަދަލު ގެންނަވައި ބޯޑު އަލުން އެކުލަވާލައިފައެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ.

ޕީސީބީގެ ގާނޫނު ބުނާ ގޮތުން އެ އިދާރާގެ ބޯޑަކީ ރައީސް އައްޔަން ކުރައްވާ ހަތް ބޭފުޅުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން