ފުލުހަކަށް ހަމަލާދިން މީހަކު މިރޭ ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މިރޭ 20:19 އެހާކަންހާއިރު ޖަނަވަރީ މަގުން ފުލުހުން ޕެޓްރޯލް ކުރަމުން ދިޔައިރު މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތު ކުރެވުނު މީހަކު ހުއްޓުވަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އަދި އެމީހާ ހުއްޓުވަން އުޅުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން 37 އަހަރުގެ ދިވެހި ފިިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މިމައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

ފުލުހުންނަށް ޙަމަލާ ދިނުމާއި ފުލުހުންނަށް ނުކިޔަމަންތެރިކަން ދެއްކުމުގެ މައްސަލަތަކަކީ ދޭތެރެ ދޭތެރެއިން ފެންމަތިވާ މައްސަލައެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން