ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ "ޕީޕަލްސް ނޭޝަނަލް ފްރޮންޓް" އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕްގެ ތެރޭގައި އުފެދިފައިވާ މައްސަލަތަކުގެ ތެރޭގައި ރައީސް ޔާމީންވަނީ ޕީޕީއެމުން ވަކިވެ ވަޑައިގެންފައެވެ. އަދި "ޕީއެންއެފް"ގެ ނަމުގައި އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އެމަނިިކުފާނު ވަނީ ފައްޓަވާފައެވެ.

ރައީސް ޔާމީންގެ އައު ޕާޓީގެ މުއައްސިސަކީ އެމަނިކުފާނުގެ ދަރިކަލުން ޒޭން ޔާމީން އަބްދުލްގައްޔޫމެވެ. ޕާޓީ އުފައްދަން އިލެކްޝަންސް ކޮމިޝަނުން މިއަދު ހުއްދަ ދީފައިވާއިރު، މިހާރުވެސް އެ ޕާޓީއާ ގިނަ އަދަދެއްގެ މީހުން އަންނަނީ ގުޅެމުންނެވެ.

ރައީސް ޔާމީން އުފައްދަވާ ޕާޓީގެ ކުލައަކަށް ޚިޔާރު ކުރަށްވާފައިވަނީ ދަނބު ކުލައެވެ. އޭގެ އިތުރުން ޕާޓީގެ ލޯގޯ އާއި މީސްމީޑިއާ އެކައުންޓްވެސް މިހާރު ވަނީ އިފްތިތާޙް ކޮށްފައެވެ.

ރައީސް ޔާމީން އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިފައިވާއިރު އެމަނިކުފާނަށް ވަފާތެރިކޮށް ތިއްބެވިކަމަށް ބެލެވުނު ބޭފުޅުންވެސް މިއަދު ވަނީ ރައީސް މުއިއްޒަށް ތާޢީދު ކުރަށްވައި ސަރުކާރާއެކު ދެމި ތިއްބަވާނެކަމަށް ވިދާޅުވެފައެވެ.

11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަށްވަމުން ގެންދަވާ ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދުގައެވެ. އެމަނިކުފާނުގެ އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުންތައް ހައިކޯޓުގައި ނިމިފައިވާއިރު, ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން