ރައީސް ޔާމީން އަބްދުލްޤައްޔޫމް އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް، ޕީއެންއެފްއަކީ އެމްޑީޕީގެ ފިކުރުން ނޫން ކަމަށާއި، އެ ޕާޓީއަކީ ޕީޕީއެމްގެ ފިކުރު ކަމަށް ކުރީގެ ނާއިބު ރައީސް މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕްގެ ތެރޭގައި އުފެދިފައިވާ މައްސަލަތަކުގެ ތެރޭގައި ރައީސް ޔާމީންވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ. އަދި "ޕީއެންއެފް"ގެ ނަމުގައި އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އެމަނިިކުފާނު ވަނީ ފައްޓަވާފައެވެ.
"ޕީޕަލްސް ނޭޝަނަލް ފްރޮންޓް" އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފައިވާއިރު ޑރ. ޖަމީލް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އަންނަ ގޮންޖެހުންތަކުގައި މޭ އައްޑަނައަކަށް ދިއްކޮށް މި ސަރުކާރުވެސް ދިފާއު ކުރާނެ ޕާޓީއަކީ ޕީއެންއެފް ކަމަށެވެ. ޑރ. ޖަމީލް ވިދާޅުވީ ޕީއެންއެފްއަކީ ޕީޕީއެމްގެ ފިކުރު ކަމަށާއި އެއީ ރައީސް ޔާމީންގެ ތަރައްޤީގެ ފިކުރު ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ ޕީއެންއެފްއަކީ އެމްޑީޕީގެ ފިކުރުން ނޫން ކަމަށާއި، ޕީޕީއެމްގެ ފިކުރުގައި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކުރާ ހުރިހާ ކަމެއްގައި ޕީއެންއެފް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.
ނަމަވެސް ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ހުސް ގޮނޑިކޮޅު ބަހައްޓައިގެން ކަމަށާއި، އެހެންކަމުން އެ މަނިކުފާނު މިނިވަންކުރެއްވުމުގެ ވައުދު ފުއްދެވުމަކީ ޑރ. މުޢިއްޒަށް ވޯޓުދިން ރައްޔިތުންގެ ޙައްގުގައި ޑރ. މުޢިއްޒު ކުރަށްވަންޖެހޭ ކަމެއް ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.
އަދި މި ސަރުކާރުގައި ރައީސް ޔާމީން މިނިވަންކުރުން އިތުރަށް ލަސްވުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލް މިމޭރުމުން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ރައީސް ޔާމީންގެ އާ ސިޔާސީ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރޮންޓަށް 3000 ފޯމް ހަމަކޮށް ރެޖިސްޓާރ ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.
ރައީސް ޔާމީން އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިފައިވާއިރު އެމަނިކުފާނަށް ވަފާތެރިކޮށް ތިއްބެވިކަމަށް ބެލެވުނު ބޭފުޅުންވެސް ވަނީ ރައީސް މުއިއްޒަށް ތާޢީދު ކުރަށްވައި ސަރުކާރާއެކު ދެމިތިއްބަވާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު