ދެން އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި ވާދަނުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މެންބަރުން ތިއްބަވާ ވަަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ ދެން އަންނަ މަޖިލީހުގެ އިންތިހާބަކަށް ކުރިމަތި ނުލަށްވާނެ ކަމަށާއި، ކުރަންހުރި އެހެން މަސައްކަތްތައް މާގިނަ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ގިނައިން އުޅުއްވާނީ ރާއްޖޭގައި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ދެން އަންނަ އިންތިހާބަކަށް ކުރިމަތިނުލާނެ." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިމޭރުމުން ވިދާޅުވި ނަމަވެސް ސިޔާސީ ކަންކަމުން އެއްފަރާތްވެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެއް ނުވެއެވެ. އަދި އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ޑިމޮކްރެޓްސްގެ މުސްތަޤުބަލާމެދުވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

19 ވަނަ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރުގެ ގޮތުގައި ރައީސް ނަޝީދު މަޖިލީހަށް އިންތިޚާބުވެ މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީގެ ތާޢީދާއެކު ވަޑައިގެންނެވި ނަމަވެސް ފަހުންވަނީ އެމަޤާމުން އިސްތިޢުފާ ދެއްވާފައެވެ.

މަޖިލިސް ރައީސްކަމުގެ މަގާމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވާފައި ވަނީ އެމަނިކުފާނު އެ މަގާމުން ވަކިކުރަން އެމްޑީޕީން މަޖިލީހަށް ހުށައެޅި މައްސަލަ އެޖެންޑާކުރި ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

މުހައްމަދު ނިޔާޒު ފަރެސްމާތޮޑާ.

30-Nov-2023

އަޅުގަންޑުމެންމަސައްކުރީ ތަހުޒީބު މުޖުތަމައެއް ބިނާކުރުމައް މިގޮތުން މާއިގަނޑު އަމާޒު ތަކެއް އޮވެގެން އެގޮތުން ސެންޓާ ރައިޓުސް ހައިބުރީޑެއް ދިވެހިރާއްޖޭގެ ރައިޔަތުންގެ މަޖިލީސްތެރެން ކުރެވުނު ވަރެއް ކުރެވޭތޯ. ޑިމޮކުރެޓިކު ތަރުތީބެއް ދިވެހިރާއްޖެ އަށް ތައާރަފްކުރެވޭތޯ . ވީވަރެއްވީ ވަލްހަދުލިއްލާހި. ﷲ އަކުބަރު.


0

ހުސޭނުބެ

30-Nov-2023

ވާދަކުރިޔަސް ނުހޮވޭނެއެވެ. އަދި ކައިރީގައި އެބުރޭ އެކަކުވެސް ނުހޮވޭނެއެވެ. ޕާޓީވެސް ވައިވެގެން އުވިގެންދާނެއެވެ.



ޓްރެންޑިން