އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރު، ޑރ. އައިޝަތު ރަމީލާ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފިއެވެ.
މީސްމީޑިއާގައި މިއަދު ހެނދުނު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ރަމީލާ ވިދާޅުވީ އެކަމަނާ ކެންސަރަށް ޑައިގްނޯސްވުމާ ގުޅިގެން ކީމޯ އާއި ރޭޑިއޭޝަން ތެރަޕީ ނެންގެވުމަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ.
ޑރ. ރަމީލާ ވިދާޅުވީ ކެންސަރު ޖެހިފައިވާކަން އެނގުނުއިރު ބަލި ހުރީ އެންމެފަހު ސްޓޭޖުގައި ކަމަށެވެ. އަދި އެންމެންގެ ހެޔޮ ދުޢާއަށް އެކަމަނާ ވަނީ އެދިލައްވާފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކަމަނާ ފަރުވާ ހޯއްދެވުމަށް ވަޑައިގަންނަވާނީ އިންޑިޔާއަށެވެ.
މިކަމާ ގުޅިގެން ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކުރަށްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު