އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ލީޑަރ ރޮޒައިނާ އާދަމް ބަލިކޮށް ރައްޔިތުންގެ މަޖިލިހުގެ ނައިބަކަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅަކަށް އަޙްމަދު ސަލީމް (ސައްލެ) އިންތިޚާބު ކޮށްފިއެވެ.
ހުސްވެފައިވާ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް އެމްޑީޕީގެ ފަރާތުން ވާދަކުރަށްވާނެ ބޭފުޅަކަށް ސައްލެ ހޮވާފައިވަނީ މިއަދު ހަވީރުއޮތް ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައެވެ. މި އިންތިޚާބުގައި ސައްލެއަށް 26 ވޯޓު ލިބިފައިވާއިރު ރޮޒައިނާއަށް ލިބިފައިވަނީ 23 ވޯޓެވެ.
އަދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވަނީ 4 ވޯޓު ހޯއްދަވާފައެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ މިއަދު މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މިރޭ 08:30 ގައި މަޖިލީހުގައި ބާއްވާ ޖަލްސާއަކުން އައު ނައިބު ރައީސް ހޮވަން ވޯޓު ނަގާނެ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ މަގާމުން އިސްތިއުފާ ދެއްވިކަން އިޢުލާންކުރެއްވީ މިއަދުގެ މަޖިލީހުގައި އޭނާ ވަކިކުރަން ހުށަހެޅުނު ގަރާރަށް ކުރެވުނު ބަހުސްއަށް ޖަވާބުދާރީ ވެވަޑައިގަތުމަށްފަހުއެވެ.
މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރަށްވާ 55 މެންބަރުން މިހާރު ތިއްބަވައެވެ.

ކިޔުންތެރިންގެ ހިޔާލު