މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ 9 ވަނަ ބައްދަލުވުން
މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ 9 ވަނަ ބައްދަލުވުން
ތިނަދޫ ކައުންސިލްގެ މައްސަލައަށް މިވަގުތަށް އޮތް ހައްލަކީ އަވަސް އިންތިހާބެއް ބޭއްވުން ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހާމަކޮށްފިއެވެ.

އެލްޖީއޭއިން މިމޭރުމުން ބުނެފައިވަނީ، ސަރުކާރުން ތިނަދޫއަށް ސީޓީއެއްގެ ދަރަޖަ ދީފައިވީ ނަމަވެސް ތިނަދޫ ކައުންސިލަކަށް ދޭންޖެހޭ އެެއްވެސް ހައިސިއްޔަތެއް ދީފައިނުވާކަމަށްބުނެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ތިނަދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ. ސައުދު ވިދާޅުވީ ތިނަދޫ ކައުންސިލަށް ހައިސިއްޔަތު ނުލިބޭނަމަ ކޯޓަށް ދިއުމަށްވެސް ކައުންސިލްގެ ވިސްނުން އެބަހުރި ކަމަށެވެ.

އެކަމާގުޅިގެން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ 9 ވަނަ ބައްދަލުވުމުގައި އެލްޖީއޭ އިން ބުނެފައިވަނީ، ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ މައްސަލައަކީ 2022 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން އެލްޖީއޭއިން ކުރަމުންދިޔަ މަސައްކަތެއް ކަމަށެވެ. އެގޮތުން އެސިޓީގެ އާބާދީއާއި އެހެނިހެން ކަންތައްތަކަށްވެސް ބަލާފައިވާ ކަމަށް އެލްޖީއޭއިން ވަނީ ބުނެފައެވެ.

އެލްޖީއޭއިން ބުނީ ތިނަދޫ ކައުންސިލްގެ މައްސަލައަށް ޤާނޫނީގޮތުން މި ވަގުތު އޮތް ހައްލަކީ ގާނުނަށް ބަދަލުގެނެސް އަވަސް އިންތިހާބެއް ބޭވުން ކަމަށެވެ.

މިއަދުގެ ކޮމިޓީގައި ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ، ފުވައްމުލަކު ސިޓިއާއި، ކުޅުދުއްފުށީ ސިޓީއަށް ސިޓީ އެއްގެ ދަރަޖަ ދީފައިވަނީ ލާމަރުކަޒީ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ކަމަށެވެ. ނަމަވެސް އެގާނޫނުގެ 8 ވަނަ އިސްލާއި ނުވަ ވަނަ އިސްލާހުން މި މައްސަލަ މިހާރުއޮތީ މާނަ އޮޅުން އަރާ ގޮތަށް ކަމަށް ސައުދު ވިދާޅުވިއެވެ.

އަދި ތިނަދޫ ސީޓީ އަކަށް ބަދަލުކުރީ 51 ވަނަ މާއްދާގެ ދަށުން ކަމަށާއި، އެމާއްދާގައި ބުނާ ގޮތުން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިން އިރު، ހާލަތު އޮތް ގޮތުން އިންތިހާބެއް ބާއްވަން ނުޖެހޭނެ ކަމަށްވެސް ސައުދުވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު ސަރުކާރުގެ އެކި އިދާރާތަކަށް ސިޓީ އާއި، މުހިއްމު މައުލޫމާތުތައް ފޮނުވަން ޖެހޭ އިރު ކައުންސިލަށް ހައިސިއްޔަތު ދީފައިނެތުމަކީ ކަންބޮޑުވުމެއްކަން ސައުދު ފާހަގަކުރެއްވިއެވެ.

މި ކޮމިޓީ ބައްދަލުވުމުގައި ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވަނީ، 2024 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓްގައި ހިމަނާފައިވާ ގޮތަށް ސިޓީ ކައުންސިލްގެ ދަރަޖައިން ތިނަދޫ ކައުންސިލާމެދު އަމަލުކުރަން ސަރުކާރުން ގަސްތުކުރާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން