ކުރީގެ ސަރުކާރުތަކުން ހިންގި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އުފެއްދެވި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ލިބިވަޑައިގެންފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބެލުމަށް ޤާއިމުކުރި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު އެކޮމިޝަނުން އެމަނިކުފާނަށް ހުށަހަޅާފައިވާ ކަމަށެވެ.

"ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބެލުމަށް ޤާއިމުކުރި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު އެކޮމިޝަނުން ވަނީ އަޅުގަނޑަށް ހުށަހަޅާފަ. ރިޕޯޓާ ގުޅިގެން ކުރަންޖެހޭ ކަންކަން އަޅުގަނޑު ކުރަން ފަށައިފިން." ރައީސް ވިދާޅުވިއެވެ.



އެސެޓް ރިކަވަރީ ކޮމިޝަނެއް ރައީސް ޞާލިޙް އެކުލަވާލެއްވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. މިކަމާ ގުޅިގެން އެ ކޮމިޝަންގެ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު 4:00 ގައި ރައީސް އޮފީހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެސެޓް ރިކަވަރީ ކޮމިޝަން އުފެއްދެވުމުގެ ގޮތުން ރައީސް ނެރުއްވި ރިޔާސީ ގަރާރުގައިވާ ގޮތުގައި އެ ކޮމިޝަންގެ މަސައްކަތަކީ ޖެނުއަރީ، 1، 2012 އިން ނޮވެމްބަރު، 17، 2018 އާ ހަމަޔަށް ދައުލަތުގެ ތެރެއިން ހިނގާފައިވާ ކޮރަޕްޝަންތަކާއި ވައްކަމުގެ މައްސަލަތައް ބަލައި ދައުލަތަށް ގެއްލިފައިވާ ފައިސާ އާއި މުދާ އަނބުރާ ހޯދުމަށް އެ މައްސަލަތައް ބަލައި ތަހުގީގު ކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން