ވެރިކަމުގެ ނިޒާމް ބަދަލު ކުރަން ޢާއްމު ވޯޓެއް ނެގުމުގެ ކަންކަމާ ގުޅޭ ގޮތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މަޖިލީހަށް ހުށަހެޅި އިސްލާހު ބޭރުކޮށްލައިފިއެވެ.

އިމްތިޔާޒް ހުށައެޅުއްވި މި އިސްލާޙަކީ، ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުން ފާސްކުރާ ހާލަތެއްގައި، ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތަށް ހުށަހެޅި އިސްލާޙެކެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުން އެ ބިލު ބޭރުކޮށްލީ 44 މެންބަރުންގެ ވޯޓުންނެވެ. އެ ބިލާ އެއްކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

އިމްތިޔާޒް ހުށައެޅުއްވީ ޤާނޫނު އަސާސީގެ 262 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށެވެ.

"މި މާއްދާގެ (ށ) ގައި އެހެން އޮތްކަމުގައި ވިޔަސް، ގާނޫނު އަސާސީއަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއްގައި، ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުުންނާ ގުޅޭ މުހިންމު ކަމެއްގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގާފައިވާ ކަމެއް ހިމެނޭނަމަ، އެ ބިލަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމެއް ނޯންނާނެ." އިމްތިޔާޒްގެ އިސްލާޙުގައިވެއެވެ.

ރާއްޖޭގައި މިހާރު މިއޮތް ރިޔާސީ ނިޒާމަކީ 2007 ވަނަ އަހަރު ރައްޔިތުންގެ ސީދާ ވޯޓުން ވެރިކަން ހިންގުމުގެ ނިޒާމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ނިޒާމެވެ. އާޤާނޫނުއަސާސީ އެކުލަވާލުމަށް މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު ނެގުނު ނިޒާމީ ވޯޓުގައި އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫންގެ ތާޢީދާއެކު ރިޔާސީ ނިޒާމަކަށް 95،619 ރައްޔިތުން ވޯޓު ދީފައިވެއެވެ. އަދި އިދިކޮޅު އެމްޑީޕީން ވަކާލާތު ކުރަމުންއައި ބަރުލަމާނީ ނިޒާމަށް ވޯޓު ދީފައިވަނީ 58،504 ރައްޔިތުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ޖާނޭ

05-Dec-2023

އަވަހަށް ބޭރުކުރޭ މމާލަސްވެއްޖެ



ޓްރެންޑިން