އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ކަމަށް ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (ކެލާ އިބްރޭ) މިއަދު އިންތިޚާބުކޮށްފިއެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ޑެޕިއުޓީ ޕީޖީ ލީޑަރ ހޮވުމުގެ އިންތިޚާބު ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ކާމިޔާބު ކުރެއްވީ، ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދުގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.

ކުރިން އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމެވި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ވަނީ ފަހު ވަގުތު އޭނާގެ ނަން އަނބުރާ ގެންދަވާފައެވެ.

މި އިންތިޚާބު މެމްބަރު ޝަރީފް ކާމިޔާބުކުރެއްވީ 27 ވޯޓާއެކުގައެވެ. ނިހާދަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަޤާމު ހުސްވީ ކުރިން އެމަޤާމުގައި ހުންނެވި އަލިފުށި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ރަޝީދު (ބިގޭ) ޕީޖީ ލީޑަރުކަމަށް އިންތިޚާބުވުމާ ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން