ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޔަނުކުރަށްވައިފިއެވެ.

މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް މިއަދު އިޢޫލާނު ކުރަށްވާފައިވަނީ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދުގެ ބަދަލުގައި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ރައީސް ނަޝީދު އައްޔަނު ކުރަށްވާފައިވާ ކަމަށެވެ.

އޭގެ އިތުރުން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ ބަދަލުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވަނީ ހިމަނުއްވާފައެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހު މަޖިލީހުގެ ރައީސްގެ މަޤާމުން ރައީސް ނަޝީދު އިސްތިޢުފާ ދެއްވާފައިވާތީ މިހާރު އެމަނިކުފާނަކީ މަޖިލީހުގެ ޢާއްމު މެންބަރެކެވެ.

މިއީ 19 ވަނަ މަޖިލީހުގެ ކޮމިޓީއެއްގައި ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން