އައްޑޫސިޓީގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީގެ މައްސަލާގައި 4 މީހުން ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ އައްޑޫގައި މިދިޔަ އާދިއްތަ ދުވަހު ގެއަކަށް ވަދެ މީހަކަށް ޙަމަލާދިން މައްސަލައިގައި 4 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އާދިއްތަ ދުވަހު ހިންގި މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވެފައިވަނީ 20 އަހަރުގެ މީހެކެވެ. އޭނާއަށް ގްރޫޕަކުން ހަމަލާދިނީ ގޭގެ ސިޓިން ރޫމް ތެރޭގައި ހުއްޓައެވެ.
ފުލުހުން މިއަދު ބުނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރީ އުމުރުން 18 އަހަރާއި 20 އަހަރާއި 21 އަހަރާއި އަދި 23 އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ.
އައްޑޫގައި ދެ ގްރޫޕެއް ދެމެދު މިދިޔަ ހުކުރު ދުވަހުގެރޭ ހިނގި މި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ޒުވާނަކަށެވެ. އެ މާރާމާރީގައި އެ ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. އެގޮތުން އޭނާގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާއިރު، އޭނާ ގައިގެ އެހެން ތަންތަނުގައި ޒަހަމްތައް ހުރިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އޭނާއަށް ފަރުވާ ދިނުމަށް މިހާރު ވަނީ މާލެ ގެނެސްފައެވެ.
ހުކުރު ދުވަހުގެ މާރާމާރީއާ ގުޅިގެން ފުލުހުން 6 މީހަކު ހައްޔަރުކޮށްފައިވާއިރު، އެމައްސަލާގައި ހައްޔަރުކުރި 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެނުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
އައްޑޫގައި މިދުވަސްވަރު ހިންގަމުންދާ ސިލްސިލާ މާރާމާރީތަކާއި ގުޅިގެން އައްޑޫސިޓީ ފުލުހުން ހާއްސަ އޮޕަރޭޝަނެއް މިހާރު ވަނީ ފަށާފައެވެ. އެގޮތުން، އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި މާލެއިން އައްޑޫ ސިޓީއަށް އިތުރު ޓީމްތަކެއް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު