މަޝްރޫޢުތަކަށް ބިޑް ނުކޮށް، ޕްރޮޕޯސަލް ހުށަހެޅޭ އުސޫލު، ރައީސް ޑރ. މުޙައްމަދު މުއިއްޒު އުވާލައްވައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ސަރުކާރުން އެކުލަވާލި މި އުސޫލަކީ ކޮރަޕްޝަނަށް ޤާނޫނީ އިމުގެ ތެރެއިން މަގު ފަހިވާ އުސޫލެއް ކަމަށް މީގެ ކުރިން އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ.

ސަރުކާރުން އިއްޔެ ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެ އުސޫލު އިއްޔެއިން ފެށިގެން އުވާލާފައިވާ ކަމަށެވެ.

ކުރީ ސަރުކާރުން 2019 ވަނަ އަހަރު މިފަދަ އުސޫލެއް ކަނޑައެޅީ ބިޑްނުކުރާ ސަރުކާރުގެ މަޝްރޫއުތަކަށް އަމިއްލަ ފަރާތްތަކަށް ބިޑް ކުރުމަށް ފުރުސަތު ހުޅުވާލުމުގެ ގޮތުންނެވެ.

ސަރުކާރުން ހިންގާ މަޝްރޫތައް ޢާއްމުގޮތެއްގައި ހަވާލު ކުރަނީ އެ މަޝްރޫއެއް ހިންގުމަށް އިއުލާން ކުރުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހަޅާ ފަރާތަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން