ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް-ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް ކުރިއަށް ގެންދާ ޕްރައިމަރީއަށް ހުޅުވާލައިފިއެވެ.

ޕީޕީއެމް-ޕީއެންސީން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ކަމަށެވެ.

ޕީޕީއެމް-ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 11 ވާ ހޯމަ ދުވަހުގެ އިރުއޮއްސި 06:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.

މި ޕްރައިމަރީގައި ވޯޓު ލެވޭނީ މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ދެ ޕާޓީންކުރެ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. އޭގެ އިތުރުން އެމްޑީއޭ އަދި އެމްއެންޕީ އާއެކު އެއްބަސްވާ ގޮތެއްގެ މަތިން ކޯލިޝަނުގެ ޕްރައިމަރީގައި ވާދަކުރެވޭނެއެވެ.

ޕީއެންސީގެ އާ އޮފީސް ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވީ ރޭ ބޭއްވި ސެނެޓު ބައްދަލުވުމުގައި މަޖިލީހުގެ އިންތިހާބަށް ކެންޑިޑޭޓުން ކަނޑައަޅާނެ ގޮތާ ބެހޭ އުސޫލެއް އެކުލަވާލާފައި ކަމަށެވެ.

ޕީޕީއެމް-ޕީއެންސީން ބުނީ ކޯލިޝަންގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ކޯލިޝަންގެ ލީޑާޝީޕުންކަމަށެވެ. އަދި ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެ ނަމަ ޕްރައިމަރީގެ ކަންތައްތައް ހަމަޖައްސާނީ ކޯލިޝަންގެ ލީޑާޝިޕުން ކަނޑައަޅާ ކޮމިޓީއަކުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު