ކްރިމިނަލް ކޯޓު ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތަށް އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓުގައި 15 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

ކްރިމިނަލް ކޯޓު ހިންގަމުންދާ ޢިމާރާތް ބާވެ އެކޯޓަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް ހުރަސްތައް ކުރިމަތިވަމުންދާ ޝަކުވާ އެކޯޓުގެ ފަނޑިޔާރުން ދޭތެރެ ދޭތެރެއިން ކުރަށްވަމުން ގެންދަވައެވެ.

އެކަމަށް ޙައްލެއް ހޯދުމުގެ ގޮތުން އެ ކޯޓުގެ އާޢިމާރާތް ހުޅުމާލޭގައި ބިނާކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 15 މިލިއަން ރުފިޔާ ހިމެނުމަށް މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އޭގެ އިތުރުން ހައިކޯޓު ޕެރަލީގަލް މަސައްކަތަށް 2.2 މިލިއަން ރުފިޔާ އާއި މަދަނީ އިޖުރާއަތުގެ ކޯޑު ތަންފީޒުކުރަން 500،000 ރުފިޔާ ވަނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބަޖެޓަށް އިތުރުކޮށްދީފައެވެ. އެ ބަދަލުތަކާއެކު ޑީޖޭއޭގެ ބަޖެޓުގެ ގޮތުގައި 585.8 މިލިއަން ރުފިޔާ ބަޖެޓު ކޮމިޓީން ވަނީ ކަނޑައަޅާފައެވެ.

މި ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ޝަރުޢީ ދާއިރާއަށް މިނިވަން ކަމާއެކު މަސައްކަތް ކުރެވޭނެގޮތް ހައްދަވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން