ރާއްޖެއަށް އަސާސީ އެއްވެސް ބާވަތެއްގެ މުދަލެއް އެތެރެކުރުމުގައި ހުރަހެއްނެތް ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސަޢީދު މިމޭރުމުން ވިދާޅުވީ އަވައްޓެރި އިންޑިއާއިން ވަގުތީ ގޮތުން ފިޔާ އެކްސްޕޯޓުކުރުން ހުއްޓާލުމަށް ނިންމުމާއި ގުޅިގެންނެވެ. އިންޑިއާގެ މިނިންމުމާއެކު ރާއްޖޭގެ ބާޒާރުން ފިޔާ ލިބުމަށް ދަތިކަން ކުރިމަތިވެދާނެކަމަށް ބައެއް ވިޔަފާރިވެރިން ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މިނިސްޓަރ ސަޢީދު ވިދާޅުވީ ރާއްޖެއަށް އަސާސީ އެއްވެސް ބާވަތެއްގެ މުދަލެއް އެތެރެކުރުމުގައި ހުރަހެއްނެތް ކަމަށެވެ.

“ރާއްޖެއާއެކު ވިޔަފާރިކުރާ އެކުވެރި ޤައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަންދޭނެ. ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ނުވަތަ ވަކިވަކި ޤައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލު އައުމަކީ އެކިދުވަސްވަރު ހިނގާކަންކަން.” މިނިސްޓަރ ސަޢީދު ވިދާޅުވެފައިވެއެވެ.

ސަޢީދު ވިދާޅުވީ ރައީސް ޑރ. މުޢިއްޒު އެންމެ އިސްކަންދެއްވާ ސިޔާސަތަކަށް އެމަނިކުފާނުގެ ކެމްޕޭނު ދުވަސްވަރުން ފެށިގެން ރަސްމީކޮށް މަޤާމާ ހަވާލުމަށް ފަހުވެސް ބައްލަވަމުންއައީ ރައްޔިތުންގެ ފުޑް ސެކިއުރިޓީ ޤާއިމްކުރުން ކަމަށެވެ. އަދި ދެމެހެއްޓެނިވި ވަށާޖެހޭ ހައްލަކާއިއެކު އެކަން ކާމިޔާބު ކުރަށްވާނެ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

މިނިސްޓަރ މިބީދައިން ވިދާޅުވެފައިވާއިރު ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރާ ޤައުމަކީ އިންޑިއާއެވެ. އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން މަޑުޖައްސާލަން ނިންމާފައިވަނީ އަންނަ އަހަރުގެ މާޗްމަހާއި ހަމައަށްކަމަށް އެޤައުމުގެ މީޑިއާއިންވަނީ ރިޕޯޓުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން