އައްޑުއަށް އަލުން ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންކަމަށް އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ޚިދުމަތް ކެނޑިފައިވަނީ ފެން ޕަމްޕަށް ކަރަންޓު ދިނުމުގައި ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. އެ މައްސަލަ ހައްލުކުރުމަށް އާރް.އޯ ޕްލާންޓަށް ބޭނުންވާ ވޭރިއޭބަލް ފްރިކުއެންސީ ޑްރައިވްއެއް އައްޑުއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ސަޕްލައި ފެން ކެނޑުމުގެ ސަބަބުން ގުޅިފައިވާ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާކަމަށް އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވިއެވެ.
“މި މައްސަލައަށް ޙައްލު ހޯދުމަށް ކަމާއި ގުޅުންހުރި މުއައްސަސާތައް ގުޅިގެން އެބަ މަސައްކަތް ކުރަށްވާ.” ޢަލީ ނިޒާރު ވިދާޅުވިއެވެ.
އައްޑޫގެ އެންމެ އާބާދީ ބޮޑު ހަތަރު ރަށުން ސަޕްލައި ފެން ކެނޑިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ދިމާވި ކަރަންޓު މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލަ ހައްލު ކުރުމަށްޓަކައި އެ ދުވަހުން ފެށިގެން ފެނަކައާއި އެމްޑަބްލިއުއެސްސީގެ އިންޖިނޭރުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
އައްޑޫން ފެނުގެ ޚިދުމަތް ކެނޑުމާ ގުޅިގެން އެމައްސަލަ ހައްލު ކުރުމަށްޓަކައި މާލޭން އިއްޔެ އައްޑޫއަށް ވީއެފްޑީއެއް ގެންގޮސް ފެނުގެ ހިދުމަތް ފެށޭތޯ މަސައްކަތް ކުރި ނަމަވެސް އެ ޑްރައިވް ގެންގޮސް އިންސްޓޯލު ކުރިފަހުން މަސައްކަތް ނުކުރާތީ ފެނުގެ ހިދުމަތް އަދިވެސް ވަނީ ދެވޭގޮތް ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު