ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ ނަން އިއްވުމުންވެސް ތަޅުމުން ނިކުތުމަށް އިންކާރު ކުރަށްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ޖާބިރު ވަނީ، ޖަލްސާއަށް ވަޑައިގެން އިންނެވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މޭޒުކޮޅު ކައިރިއަށް ވަޑައިގެން އަޑުގަދަ ކުރަށްވާފައެވެ. އަދި މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތްތެރިވުމުންވެސް ޖާބިރު ވަނީ ތަކުރާރުކޮށް އަޑުގަދަ ކުރައްވަމުން ގެންދަވާފައެވެ.

އެކަމާގުޅިގެން މަޖިލީހުގެ ރިޔާސަތުންވަނީ ޖާބިރުގެ ނަން އިއްވައި، ޖާބިރު މަޖިލީހުގެ ތަޅުމުން ނިކުތުމަށް އަންގަވާފައެވެ. ނަމަވެސް ޖާބިރު ތަޅުން ދޫކުރައްވާ ވަޑައިގެންފައެއް ނުވެއެވެ.

އެހެންކަމުން ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން ޖާބިރު މަޖިލީހުގައި ނެތް ކަމަށް ބަލައި ޖަލްސާ ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެ ޖަލްސާ ކުރިއަށް ގެންދަވާފަ އެވެ.

މަޖިލީހުގެ ތަޅުގައި އަޑުގަދަ ކުރަށްވަމުން ޖާބިރު ވިދާޅުވެފައިވަނީ ސަޢީދުގެ އިޤްތިޞާދީ ވަޒީރު ކަމުގައި އޭނާގެ ޕާސްޕޯޓު ހިފެހެއްޓި ކަމަށާއި، އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލަވެސް ބެލިފައިނުވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން