ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކު އިންތިޚާބު ކޮށްފިއެވެ.

ޖޭޕީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަޤާމުގައިވެސް ހުންނެވި ނިހާން، ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަޤާމަށް އިންތިޚާބުވެފައިވަނީ ޕާޓީގެ ކައުންސިލްގައި ހޯމަ ދުވަހު ކުރިއަށްގެންދިޔަ ވޯޓު ކާމިޔާބު ކުރެއްވުމާ ގުޅިގެންނެވެ. މި އިންތިޚާބުގައި ނިހާން އާއި ވާދަކުރެއްވީ ކައުންސިލް މެންބަރު މުހައްމަދު ސައީދެވެ.

ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަޤާމު ހުސްވީ އެ މަޤާމުގައި ހުންނެވި އިގްބާލު އާދަމް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިޤްބާލްއަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރަސްމީ ގެކޮޅުގެ ޗީފް އޮފް ސްޓާފެވެ.

ޖޭޕީން އިއްޔެ ވަނީ އެޕާޓީގެ ޒުވާނުންގެ ލީގުގެ ރައީސްގެ މަގާމަށް ޝުއައިބް ޝިފާޒް ޝަރީފް އަދި އަންހެނުންގެ ލީގުގެ ރައީސާގެ މަގާމަށް ރީމާ ހުސައިން (ރީމް) އިންތިޚާބު ކޮށްފައެވެ.

އޭގެ އިތުރުން ޕާޓީގެ ގައުމީ ކޮންފަރެންސުން ހޮވާ 25 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރުންގެ މަގާމު ހުސްވެފައިވާތީ އެ މަގާމުތަކަށްވެސް މެމްބަރުންވަނީ އިންތިޚާބުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން