ހދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އަލީ އާދަމް މަޤާމުން ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ހުށައެޅުމުން، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމީ ޖޭއެސްސީގެ ނިންމުން ގާނޫނުއަސާސީ އާއި ގާނޫނުގައި ބުނާ އިޖުރާއަތާ އެއްގޮތް ކަމަށެވެ.

އެހެންކަމުން އޭނާ މަޤާމުން ވަކިކުރުމަށް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އަލީ އާދަމް ފަނޑިޔާރު ކަމުގެ މަޤާމުން ވަކި ކުރުމަށް 46 މެމްބަރުން ވޯޓުދެއްވިއެވެ. އެކަމާ ދެކޮޅު ހައްދަވާފައިވަނީ އެންމެ މެންބަރެކެވެ.

އަލްއުސްތާޛު ޢަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭ.އެސް.ސީން ނިންމީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދި މައްސަލަ ތަޙުޤީޤުކުރުމަށްފަހުއެވެ.

ޖޭއެސްސީން ބުނީ މެޖިސްޓްރޭޓް ޢަލީ އާދަމްގެ ޢަމަލުތަކަކީ ފަނޑިޔާރުންގެ ޤާނޫނުގެ 32ވަނަ މާއްދާގެ (ހ)ގެ 5 ވަނަ ނަންބަރާއި، 6ވަނަ ނަންބަރާއި، 9ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.8ވަނަ މާއްދާއާއި، 2.2ވަނަ މާއްދާއާއި، 2.3ވަނަ މާއްދާއާއި، 3.1 ވަނަ މާއްދާއާއި، 4.2ވަނަ މާއްދާއާ ޚިލާފު ޢަމަލުތަކެއްކަން ސާބިތުވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން