އެމްޑީޕީން މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށައެޅީ ފަސްޓްލޭޑީ ސާޖިދާއަށް ފުރައްސާރަކުރުމަށް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުالله ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އެމްޑީޕީގެ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ޢަބްދުالله ހުށައަޅުއްވާފައިވާ މައްސަލާގައިވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކޮންޓްރެކްޓް އުސޫލުން ސަރުކާރުގައި މަސައްކަތް ކުރެއްވުމަށް ސީއެސްސީ އާއެކު ހަދާފައިވާ އެއްބަސްވުން ބާތިލު ކުރުމަށެވެ.

އެކަމާ ގުޅިގެން އީވާ ވިދާޅުވީ އެމައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ބަލަމުންދާ މައްސަލައެއް ކަމަށެވެ. އެހެންކަމުން ގައުމާއި ސަރުކާރާއި ރައްޔިތުންގެ ސަމާލުކަމަށް ކުއްލި މައްސަލައެއްގެ ގޮތުގައި އެކަން ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ މިއީ ފަސްޓްލޭޑީ އަށް ފުރައްސާރަ ކުރުމަށް ހުށައަޅާފައިވާ މައްސަލައެއް ކަމަށެވެ. އޭގެ އިތުރުން ސިވިލްސާވިސްގެ މުވައްޒަފަކު މިވަގުތު ފަސްޓަ ލޭޑީއަކަށް ހުންނެވުމާއެކު، މިކަމާމެދު ސިވިލްސަރވިސް ކޮމިޝަނުން އިތުރަށް ވިސްނަން ޖެހޭ ކަމަށްވެސް އީވާ ވިދާޅުވިއެވެ.

“މީ ކަނޑައެޅިގެން ވަކި މީހަކާ ސީދާ ޒާތީގޮތުން ފުރައްސާރަކުރުން ނޫން ގޮތަކަށް އަޅުގަނޑަކަށް ނުފެނޭ.” އީވާ ވިދާޅުވިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގެ ސީނިއާ ސައިންޓިފިކް އޮފިސަރުގެ މަޤާމުގައި ހުންނެވި ސާޖިދާވަނީ ފަސްޓްލޭޑީ ކަމަށް ވަޑައިގެންނެވުމަށް ވަޒީފާއިން ހަތަރު އަހަރު ދުވަހަށް ނޯޕޭ ލީވް ނަންގަވައިފަ އެވެ.

ނަމަވެސް ހެލްތު މިނިސްޓްރީން ސާޖިދާގެ ފަންނީ އެހީތެރިކަން ބޭނުންވާތީ ކޮންޓްރެކްޓް އުސޫލުން އެކަމަނާގެ ކޮންސަލްޓެންސީ ލިބޭނެ ގޮތް ހަދައިދޭން ސިވިލް ސާވިސް ކޮމިޝަންގައި އެދިވަޑައިގަތުމުން އެކަން އެ ކޮމިޝަނުން ވަނީ ހަމަޖައްސައިފަ އެވެ.

ސާޖިދާ އާ އެކު ކޮންޓްރެކްޓެއް ހެދީ ހާއްސަ އުސޫލަކުން ނޫން ކަމަށާއި އެއީ އެހެން މީހުންނަށް ވެސް ދޭ ފުރުސަތެއް ކަމަށް ސިވިލް ސާވިސް ކޮމިޝަނުންވެސް ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން